
އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި
# އިރާން-
އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި، އީރާނުން ބަޙްރައިން، ކުވެއިތު، އުރުދުން، ޤަޠަރު އަދި އޯމާނަށް ޙަމަލާތަކެއް ދީފައިވާ ކަމަށް ބުނެފިއެވެ.

އިރާނުން މި ހަމަލާތައް ދީފައިމިވަނީ ހޯރމުޒް ކަނޑުއޮޅިން ދަތުރުކުރި ސައިޕްރަސްގެ ދެންގުއާ ބޯޓަކަށް އީރާނުން ޙަމަލާދިން ކަމަށް ބުނެ، އެމެރިކާއިން މި ހަފުތާ ތެރޭގައި އީރާނަށް ދިން ތިންވަނަ ބުރުގެ ވަރުގަދަ ޙަމަލާތަކަށްފަހުއެވެ. އެގޮތުން މިއަދުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ވަނީ އިރާނުގެ ގިނަ ސަރަހައްދުތަކަށް ބޮން އަޅާފައި އެވެ.
މިގޮތުން އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލާއި ޑްރޯންތައް ޔޫއޭއީގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާ ކަމަށް އެ ގައުމުން ވަނީ ރިޕޯޓުކޮށްފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، އެމެރިކާގެ ޙަމަލާތަކާއެކު އީރާނުގެ ބަނދަރު ސިޓީތައް ކަމަށްވާ ބަންޑާރް އަައްބާސް، ސިރިކް، ޗަބަހާރު، ބަންދަރު ދެޔަރ، ޖާސްކު އަދި އަސަލޫޔޭއިން ބާރުގަދަ ގޮވުންތަކުގެ އަޑު ވަނީ އިވިފައެވެ. އީރާނުގެ ބުޝަހްރު ޕްރޮވިންސްގެ ސިޓީތަކަށް އެމެރިކާއިން ދިން ޙަމަލާތަކުގައި އާންމުންގެ އުމްރާނީ ވަސީލަތްތަކަށާއި، ބުޝަހްރު ނިއުކްލިއަރ ޕަވަރޕްލާންޓު ކައިރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ޙަމަލާތަކުގެ ތެރެއިން ޤަޠަރުގެ ދިފާއީ ބާރުތަކުން އީރާނުގެ މިސައިލްތައް ވައްޓާލުމަށް ހިންގި އޮޕަރޭޝަންގައި، ވައިގެ ތެރެއިން ވެއްޓުނު އެތިކޮޅުތަކުން ޖެހި ކުޑަކުއްޖަކާއެކު ޖުމްލަ ތިން މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. ޤަޠަރުގެ ސިވިލް ޑިފެންސާއި ސަލާމަތީ ބާރުތަކުން މިހާރު ދަނީ ކުއްލި ހާލަތުގެ ރޭވުންތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
މި ހަމަލާއި ގުޅިގެން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފައިވަނީ އޯމާންގެ ދުގުމް ބަނދަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ސެންޓަރުތަކާއި ލޮޖިސްޓިކްސް މަރުކަޒުތަކަށް "ބާރުގަދަ ކުއްލި" ޙަމަލާއެއް ދީ އެ ތަންތަން މުޅިން ހަލާކުކޮށްލާފައިވާ ކަމަށެވެ.
މިއީ އެމެރިކާގެ ބޮމުގެ ޙަމަލާތަކަށް ރައްދުދިނުމުގެ ތިންވަނަ މަރުހަލާ ކަމަށް އީރާނުން ވަނީ ސިފަކޮށްފައެވެ.
ގުޅުންހުރި

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

އެމެރިކާއާއެކު އެކުލަވާލާ އެއްބަސްވުމުގައި މާދަމާ ސޮއެއް ނުކުރާނެ - އިރާން




