logoEN
WAMCO TOP 1
ލަންކާގެ އާންމު ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުރަން ބިޔަ މަޝްރޫއެއް: މެޓްރޯ ޓްރާންސިޓް ބަސް ރޫޓް މެޕް އާންމުކޮށްފި

ލަންކާގެ އާންމު ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުރަން ބިޔަ މަޝްރޫއެއް: މެޓްރޯ ޓްރާންސިޓް ބަސް ރޫޓް މެޕް އާންމުކޮށްފި

އަހުމަދު ޝުރާއު

logo

8/8/2026, 6:18:33 PM

# ސްރީލަންކާ

-

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ "ކޮލޮމްބޯ މެޓްރޯ ޓްރާންސިޓް" ބަސް ނެޓްވޯކުގެ ޚިދުމަތް ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން މުޅިން ފުރިހަމައަށް ފެށިގެންދާނެ ކަމަށް އެޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ބިމާލް ރަތުނާޔަކަ އިޢުލާނު ކުރައްވައިފިއެވެ.

THE TRAVELLER AD

މިނިސްޓަރު ރަތުނާޔަކަ ވަނީ ކޮލޮމްބޯއާއި އެނޫންވެސް ބޭރުގެ މުހިންމު ސަރަޙައްދުތަކާއި ދަތުރުފަތުރުގެ މަރުކަޒުތައް ގުޅުވައިދޭ ގޮތަށް ރޭވިފައިވާ ބަސް ރޫޓް މެޕް އާންމުކުރައްވާފައެވެ.

އެގޮތުން ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ މުހިންމު ސަރަޙައްދުތަކުގެ ތެރޭގައި މަކުންބުރަ، މިލެނިއަމް ސިޓީ، ކަޑަވާތާ، ނަދޫރަ، އެކަލާ އަދި ކެސްބެވާ ހިމެނެއެވެ.

މީގެއިތުރުން ކޮއްލުޕިޓިޔާ ސަރކިއުލާ ސަރވިސްއެއްވެސް މި ނެޓްވޯކުގެ ދަށުން ފެށުމަށް ވަނީ ނިންމާފައި އެވެ.

"މެޓްރޯ ޓްރާންސިޓް" އިނިޝިއަޓިވްގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ ބަސްތަކާއެކު އެކުލަވާލެވޭ ވަރުގަދަ ނެޓްވޯކެއް މެދުވެރިކޮށް، ކޮލޮމްބޯއާއި އެ ރަށުގެ ވަށައިގެންވާ ސަރަޙައްދުތަކުގެ އާންމު ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަކޮށްދިނުމެވެ.

ކޮމެންޓް
ފަހުގެ
HDC