logoEN
WAMCO TOP 1
'އެވެންޖަރސް: އެންޑްގޭމް' ގެ ރެކޯޑުތައް މުގުރާލުމަށްފަހު، ސްޕައިޑަރ-މޭންގެ އައު ފިލްމަށް ބޮޑު ކާމިޔާބީއެއް!

'އެވެންޖަރސް: އެންޑްގޭމް' ގެ ރެކޯޑުތައް މުގުރާލުމަށްފަހު، ސްޕައިޑަރ-މޭންގެ އައު ފިލްމަށް ބޮޑު ކާމިޔާބީއެއް!

ސާރާ އަހުމަދު

logo

8/9/2026, 5:01:00 PM

# ހޮލީވުޑް

--

މާރވެލް އަދި ސޯނީ ޕިކްޗަރސް ގުޅިގެން ނެރުނު އެންމެ ފަހުގެ ސުޕަރހީރޯ ފިލްމު "ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ" އިން ދުނިޔޭގެ ބޮކްސް އޮފީހުގައި ތާރީޚީ ރެކޯޑުތަކެއް މުގުރާލައިފިއެވެ.

THE TRAVELLER AD

މިއީ ސިނަމާތަކަށް ނުކުތް ފުރަތަމަ ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ގޮތުގައި މިހާރު ވަނީ ވެގެންގޮސްފައެވެ.

އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި އެންމެ 7 ދުވަހުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މި ފިލްމު ވަނީ މީގެ ކުރިން "އެވެންޖަރސް: އެންޑްގޭމް" އިން ހަދާފައިވާ ބޮޑު ރެކޯޑު މުގުރާލާފައެވެ. ފުރަތަމަ ހަފްތާ ނިމުނުއިރު އުތުރު އެމެރިކާއިން އެކަނިވެސް 508 މިލިއަން ޑޮލަރު ލިބިފައިވާއިރު، މުޅި ދުނިޔޭގެ ބޮކްސް އޮފީހުން ލިބުނު އާމްދަނީ ވަނީ 1.25 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. މިއާއެކު މި ފިލްމު ވެގެންގޮސްފައިވަނީ ދުނިޔޭގެ ތާރީޚުގައިވެސް ދެވަނައަށް އެންމެ ބޮޑު އޯޕަނިންގ ހޯދި ފިލްމަށެވެ.

ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ޓޮމް ހޮލަންޑް އަދި ޒެންޑެޔާ އެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ޕީޓަރ ޕާކަރ (ސްޕައިޑަރ-މޭން) އެކަނިމާއެކަނި އޭނާގެ ދިރިއުޅުން ކުރިއަށްގެންދާ ގޮތުގެ މައްޗަށެވެ. މުޅި ދުނިޔެ އޭނާގެ މަތިން ހަނދާންނެތިފައިވާއިރު، އޭނާގެ ކުރީގެ އެކުވެރިން އޭނާއާ ނުލައި ދިރިއުޅުން ކުރިއަށްގެންދާތަން ފެނުމުގެ ހިތާމައިގެ ތެރެއިން، އައު ނުރައްކާތަކަކާއި ދުޝްމަނުންނާ ސްޕައިޑަރ-މޭން ކުރިމަތިލާންޖެހެއެވެ.

މި ފިލްމުގައި މާރވެލްގެ އެހެން ކެރެކްޓަރުން ގެނެސްދީފައިވާ ގޮތަށާއި، ކޮމިކް ފޮތްތަކާ އެއްގޮތަށް ފިލްމުގެ ވާހަކަ ގެނެސްދީފައިވާތީ ގިނަ ބެލުންތެރިންނާއި ކްރިޓިކުން އަންނަނީ ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC