
382 ބައިވެރިންނާއެކު ނައިފަރުގައި ބޭއްވި "ނައިބޮލި މަދަހަ މުބާރާތް 2026" ކާމިޔާބުކަމާއެކު ނިންމާލައިފި
# ހީނާ ވަލީދު-
ޅ. ނައިފަރު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ނައިބޮލި މަދަހަ މުބާރާތް 2026" ގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ނައިފަރުގެ މަލްޓި ޕާޕަސް ހޯލްގައި ބާއްވައި، މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

2022 ވަނަ އަހަރުން ފެށިގެން ނައިފަރު ކައުންސިލުން މެދުނުކެނޑި ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު ޖުމްލަ 382 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސްކޫލް ދަރިވަރުންނާއި އިސްރަށްވެހީން ހިމެނޭހެން 24 ވަކިވަކި ހުށަހެޅުމާއި 36 ގުރޫޕު ހުށަހެޅުން މި މުބާރާތުގައި ފެނިގެން ގޮސްފައިވެއެވެ.
މީގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ "އަލިމަސް ކެޓެގަރީ" ގެ މަދަހަ ހުށަހެޅުންތައްވެސް މިއަހަރުގެ މުބާރާތުގައި ވަނީ ކުރިއަށް ގޮސްފައެވެ.
މި މުބާރާތުގެ ނިންމުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ތަރިކައާއި ކަލާސީނާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.
މިއީ ނައިފަރުގެ ރައްޔިތުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ އަދި އިސްލާމީ އަޚުލާޤާއި މަދަހަ ކިޔުމުގެ ހުނަރު ދިރުވައިއާކުރުމަށް ބާއްވާ މުހިންމު މުބާރާތެކެވެ.
ގުޅުންހުރި

382 ބައިވެރިންނާއެކު ނައިފަރުގައި ބޭއްވި "ނައިބޮލި މަދަހަ މުބާރާތް 2026" ކާމިޔާބުކަމާއެކު ނިންމާލައިފި

އަދަބީ އަދި ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު ހީނާ

މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން - މިއީ ގުރުބާނީގެ ދުވަހެއް: މިނިސްޓަރ ހީނާ ވަލީދު




