logoEN
WAMCO TOP 1
އަދަބީ އަދި ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު ހީނާ

އަދަބީ އަދި ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު ހީނާ

އަހުމަދު ޝުރާއު

logo

8/8/2026, 6:02:35 PM

# ހީނާ ވަލީދު

-

ދިވެހި އަދަބިއްޔާތާއި ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަދުގެ ޖީލުގެ އެންމެ މުހިންމު އެއް ޒިންމާ ކަމަށް ދިވެހިބަހާއި ތަރިކައާއި ކަލާސީނާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ޅ. ނައިފަރު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ނައިބޮލި މަދަހަ މުބާރާތް 2026" ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަނީ، ދިވެހި އަދަބިއްޔާތަށް މުއްސަނދި ޚިދުމަތްތަކެއް ކުރައްވާފައިވާ ނައިފަރު ހުތް ޢަލީދީދީއާއި ފަޟީލަތުއްޝެއިޚް މަރްޙޫމް ޢަބްދުﷲ ޖަލާލުއްދީން ފަދަ ޢިލްމީ ބޭފުޅުންގެ ޚިދުމަތުގެ ޒިކުރާ އައު ކުރައްވާފައެވެ.

"އަންނަން އޮތް ޖީލުތަކަށް މިތަރިކަ ރައްކާތެރިކަމާއެކު ގެންގޮސްދީ، އަޅުގަނޑުމެންގެ ބަސް ރައްކާތެރިކޮށް، އަޅުގަނޑުމެންގެ ސަގާފަތާއި އަޅުގަނޑުމެންގެ ޤައުމިއްޔަތު ކުރިއަރުވާ އަލާކޮށް ދިރުވުމަކީ އަޅުގަނޑުމެން ހުރިހާ އެންމެންނާވެސް ގުޅި ލާމެހިފައިވާ ވަރަށް މުހިންމު ޒިންމާއެއް،" ވަޒީރު ހީނާ ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ނައިފަރު ކައުންސިލުން އިސްނަގައިގެން ކުޑަކުދިންނާއި އިސްރަށްވެހީންގެ ހުނަރުވެރިކަން ދެއްކުމަށް މެދުނުކެނޑި މިފަދަ މުބާރާތެއް ބާއްވަމުން އަންނާތީ އެކަން ފާހަގަކުރައްވައި ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ.

ޅ. ނައިފަރު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ނައިބޮލި މަދަހަ މުބާރާތް 2026" ގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ނައިފަރުގެ މަލްޓި ޕާޕަސް ހޯލްގައި ބާއްވައި، މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

2022 ވަނަ އަހަރުން ފެށިގެން ނައިފަރު ކައުންސިލުން މެދުނުކެނޑި ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު ޖުމްލަ 382 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސްކޫލް ދަރިވަރުންނާއި އިސްރަށްވެހީން ހިމެނޭހެން 24 ވަކިވަކި ހުށަހެޅުމާއި 36 ގުރޫޕު ހުށަހެޅުން މި މުބާރާތުގައި ފެނިގެން ގޮސްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC