logoEN
WAMCO TOP 1
މޫސުން: އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވޭ!

މޫސުން: އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވޭ!

# މޫސުން

މޫސުން ގޯސް ދުވަހެއްގެ މަންޒަރެއް

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނެފިއެވެ.

THE TRAVELLER AD

މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާއިރު، ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 5 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ލަފާކޮށް ބުނެއެވެ.

ފުނޯސް (01 ޖުލައި އިން 14 ޖުލައިއަށް)

މިއީ ހުޅަނގުމޫސުމުގެ ހަތްވަނަ ނަކަތެވެ. މިއީ ވަރަށް ގިނަ ކޮޅިގަނޑުތައް ނަގާ ނަކަތެކެވެ. ވައިބާރުވެފައި ކަނޑުތައް ޢާންމުގޮތެއްގައި ގަދަވާނެއެވެ. ވައި ހުންނާނީ ސީދާ ހުޅަނގުގައެވެ. ކުއްލިއަކަށް ވައިބާރުވުމަކީ މި ނަކަތުގައި ވަރަށް ގިނައިން ވާގޮތެކެވެ. ވައިޖެހޭ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 18.52 ކިލޯމީޓަރ ބާރުމިނުގައެވެ. ޢާންމުގޮތެއްގައި 2.41 އިންޗިއަށް ވާރޭ ވެހޭނެއެވެ. އަވިދޭ ވަގުތުގެ ދިގުމިން އުޅޭނީ 102.9 ގަޑިއިރެވެ.

ފުސް (15 ޖުލައި އިން 28 ޖުލައިއަށް)

މިއީ ހުޅަނގު މޫސުމުގެ އަށްވަނަ ނަކަތެވެ. މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި އޮންނާނީ ވަރަށް ބަނަކޮށެވެ. ވާރޭ ވެހުން ގިނަ ވާނެއެވެ. ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ ގަޑުއަކު 20.37 ކިލޯމީޓަރުގައެވެ. ވާރޭވެހޭ ނިސްބަތްއުޅޭނީ 3.49 އިންޗީގައެވެ. ޖުމްލަ އަވިދޭ ވަގުތުގެ ދިގުމިނަކީ 89 ގަޑިއިރެވެ.

އަހުލިހަ (29 ޖުލައި އިން 10 އޮގަސްޓަށް)

މިއީ ހުޅަނގު މޫސުމުގެ ނުވަވަނަ ނަކަތެވެ. މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި އޮންނާނީ ސާފުކޮށެވެ. ވައިމަޑުވުމާއެކު ކަނޑުތައް ވެސް މަޑުވާނެއެވެ. ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖުކޮށް ގަޑިއަކު 18.52 ކިލޯމީޓަރ ބާރުމިނުގައެވެ. ވާރޭގެ މިންވަރު ހުންނާނީ 2.65 އިންޗީގައެވެ.

މާ (11 އޮގަސްޓުން 23 އޮގަސްޓަށް)

މިއީ ހުޅަނގު މޫސުމުގެ ދިހަވަނަ ނަކަތެވެ. މި ނަކަތުގައި ޢާންމުކޮށް ވައި މަޑުވެ ކަނޑުތައް މަޑުވާނެއެވެ. ނަމަވެސް މި ނަކަތާމެދު އިހުގައި ދިވެހިން ބުނެ އުޅޭގޮތުން އަހުލިހައިގައި ވިއްސާރަ ވެއްޖެ ނަމަ މާ ނަކަތުގައި ވެސް ވިއްސާރަވާނެއެވެ. ވައިޖެހޭނީ ޢާންމުކޮށް ސީދާ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 20.37 ކިލޯމީޓަރ ބާރުމިނުގައެވެ. ވާރޭ ވެހޭ މިންވަރު ހުންނާނީ އެވްރެޖްކޮށް 4.17 އިންޗީގައެވެ. މި ނަކަތުގައި އަވިދޭނީ އެވްރެޖްކޮށް 76.9 ގަޑިއިރުއެވެ.

ފުރަ (24 އޮގަސްޓުން 6 ސެޕްޓެންބަރަށް)

މިއީ ހުޅަނގު މޫސުމުގެ އެގާރަވަނަ ނަކަތެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނާނެއެވެ. ވައިޖެހޭނީ ޢާންމުކޮށް ހުޅަނގު އިތުރުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 18.52 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ މިންވަރު އުޅޭނީ އެވްރެޖްކޮށް 1.89 އިންޗީގައެވެ. އެވްރެޖްކޮށް 107.8 ގަޑިއިރު މި ނަކަތުގައި އަވިދޭނެއެވެ.

އުތުރަ (07 ސެޕްޓެންބަރުން 20 ސެޕްޓެންބަރަށް)

މިއީ ހުޅަނގު މޫސުމުގެ ބާރަވަނަ ނަކަތެވެ. އިހުގެ ޢާންމު ބަހުރުވައިންނަމަ މި ނަކަތުގައި ހަޅަޖަހާނެއެވެ. މީގެ މާނައަކީ ވައި ބާރުވެ ކަނޑުތައް ގަދަވާނެއެވެ. ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 22.22 ކިލޯމީޓަރު ބާރުމިނުގައެވެ. ވައިޖެހޭނީ ހުޅަނގު އުތުރުންނެވެ. ވާރޭ ވެހޭ މިންވަރު ހުންނާނީ 4.59 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 90.7 ގަޑިއިރު އަވިދޭނެއެވެ.

އަތަ (21 ސެޕްޓެންބަރުން 03 އޮކްޓޫބަރު)

މިއީ ހުޅަނގު މޫސުމުގެ ތޭރަވަނަ ނަކަތެވެ. މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ވިއްސާރަ ނަގައި ވާރޭ ވެހޭނެއެވެ. ވައިޖެހޭނި ހުޅަނގުންނެވެ. ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 24.08 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖުކޮށް 3.78 އިންޗިއަށް ވާރޭ ވެހޭނެއެވެ. މި ނަކަތުގައި އެވްރެޖުކޮށް 80.5 ގަޑިއިރު އަވިދޭނެއެވެ.

ހިތަ (04 އޮކްޓޫބަރުން 17 އޮކްޓޫބަރަށް)

މިއީ ހުޅަނގު މޫސުމުގެ ސާދަވަނަ ނަކަތެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. ކަނޑުތައް ޢާންމުގޮތެއްގައި މަޑުވާނެއެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 22.2 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 4.10 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 106.1 ގަޑިއިރު އަވިދޭނެއެވެ.

ހެއި (18 އޮކްޓޫބަރުން 31 އޮކްޓޫބަރަށް)

މިއީ ހުޅަނގު މޫސުމުގެ ފަނަރަވަނަ ނަކަތެވެ. މިއީ ވައި އެނބުރޭ ނަކަތެކެވެ. މި ނަކަތުގައި ވައިބާރުވެފައި އެކިފަހަރު ވައި ޖެހޭނީ އެކި ދިމާއިންނެވެ. އެކަމަކު ޢާންމުކޮށް ވައި ހުންނާނީ ހުޅަނގުގައެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮސް ގަޑިއަކު 22.22 ކިލޯމީޓަރު ބާރުމިނުގައެވެ. 4.37 އިންޗީގެ ވާރޭ ވެހޭނެއެވެ. މި ނަކަތުގައި ޢާންމުކޮށް 109.7 ގަޑިއިރު އަވިދޭނެއެވެ.

ވިހާ (01 ނޮވެންބަރުން 13 ނޮވެންބަރަށް)

މިއީ ހުޅަނގު މޫސުމުގެ ސޯޅަވަނަ ނަކަތެވެ. މި ނަކަތުގައި މޫސުން ރަނގަޅުވާނެއެވެ. ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖް ގޮތެއްގައި ގަޑިއަކު 20.37 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭވެހޭ ނިސްބަތަކީ 3.7 އިންޗިއެވެ. މި ނަކަތުގައި 93 ގަޑިއިރު އަވިދޭނެއެވެ.

ނޮރަ (14 ނޮވެންބަރުން 26 ނޮވެންބަރަށް)

މިއީ ހުޅަނގު މޫސުމުގެ ސަތާރަވަނަ ނަކަތެވެ. މި ނަކަތުގައި ޢާންމުގޮތެއްގައި މޫސުން ރަނގަޅުވާނެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެއެވެ. ކަނޑުތައް އާދައިގެ ގޮތެއްގައި މަޑުވާނެއެވެ. ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގު އުތުރުން ގަޑިއަކު 16.67 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ 3.33 އިންޗީގައެވެ. މި ނަކަތުގައި 90 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި ކަނޑުގެ އޮއިވަރު އެކިގޮތްގޮތަށް ބަދަލުވާނެއެވެ. ނަކަތުގެ 3 ވަނަ ދުވަހުން ފެށިގެން އޮއިވަރު އިރުވައި މޫސުމުގެ ހުންނަ ގޮތަށް ބަދަލުވާން ފަށާނެއެވެ.

ދޮށަ (27 ނޮވެންބަރުން 09 ޑިސެންބަރަށް)

މިއީ ހުޅަނގު މޫސުމުގެ އަށާރަވަނަ ނަކަތެވެ. ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތެވެ. މި ނަކަތުގައި ވައި މަޑުވާނެއެވެ. ވައިޖެހޭނީ އިރުއުތުރުންނެވެ ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 16.67 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖްކޮށް 4 އިންޗިއަށް ވާރޭވެހޭނެއެވެ. އަވިދޭނީ 97.6 ގަޑިއިރުއެވެ.

ކޮމެންޓް
ފަހުގެ
HDC