logoEN
WAMCO TOP 1
މި ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފި

މި ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފި

# މޫސުން# މެޓް އޮފީސް

މޫސުން ގޯސް ދުވަހެއް- ފޮޓޯ: ގާފު

މި އަންނަ ހަފްތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

THE TRAVELLER AD

މެޓުން ބުނީ ހުކުރު އަދި ހޮނިހިރު ދުވަހުވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ހިސާބުތަކަށް ކަނޑުތައް ގަދަވެފައި، އެހެން ހިސާބުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ދެކުނާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާއިރު، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހެނޭކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައި ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓުން ބުންޏެވެ.

މީގެއިތުރުން މެޓުން ބުނީ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެން ވަރަކަށް ގަދަވާނެކަމަށެވެ. އަދި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް
ފަހުގެ
HDC