logoEN
WAMCO TOP 1
މޫސުމީ ލަފާކުރުން: އަވަހަކަށް އަލިވާކަށް ނެތް؛ ސަމާލުވާތި!

މޫސުމީ ލަފާކުރުން: އަވަހަކަށް އަލިވާކަށް ނެތް؛ ސަމާލުވާތި!

# މެޓް އޮފީސް # މޫސުން

މޫސުން ގޯސް ދުވަހެއްގެ މަންޒަރެއް

ރާއްޖޭގެ މޫސުން މިހާރު ހުރިގޮތުން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައިވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިރުޝާދު ދީފިއެވެ.

THE TRAVELLER AD

މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ހަފުތާގައި މޫސުމީ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރިމަތިވާނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.

އޮފީހުން ބުނި ގޮތުގައި، މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ، ސަލާމަތީ ކަންކަން ފުރިހަމަކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، އުތުރުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ވާރޭވެހި، ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. ރާޅުގެ އުސްމިނަށް ބަލާއިރު، ދެކުނުގައި ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ރާޅު ހުރި ނަމަވެސް، އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މި ހަފުތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، މޫސުމަށް އަންނަ މި ބަދަލުތަކަށް ހުރިހާ ރައްޔިތުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެދިފައެވެ.

ކޮމެންޓް
ފަހުގެ
HDC