logoEN
WAMCO TOP 1
އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

އަހުމަދު ޝުރާއު

logo

6/26/2026, 9:07:42 PM

# އިރާން

ގަލްފް ކަނޑުން ދަތުރުކުރަމުންދިޔަ އުޅަނދަކަށް އީރާނުން އިއްޔެ ދިން ޙަމަލާއާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާ ސިފައިން އީރާނުގެ "ޑްރޯން އަދި މިސައިލް މަރުކަޒުތަކަށް" އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދޭން ފަށައިފިއެވެ.

THE TRAVELLER AD

ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދަނީ އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ މުހިންމު ބިނާތަކަށް ބޮން އަޅަމުންނެވެ.

މި ޙަމަލާތައް ދޭން ފަށާފައިވަނީ ގަލްފް ސަރަހައްދުގައި އޮތް އުޅަނދަކަށް އީރާނުން ދިން ނުރައްކާތެރި ޙަމަލާގެ ރައްދު ވަރަށް ހަރުކަށިކޮށް ދޭނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިތާ މާގިނައިރެއް ނުވަނީހެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) އާ ޙަވާލާދީ ލިބޭ ޚަބަރުތައް ބުނާގޮތުން، މި އޮޕަރޭޝަންގެ މައިގަނޑު ބޭނުމަކީ ބައިނަލްއަޤްވާމީ ކަނޑުގެ ދަތުރުފަތުރަށް ހުރަސްއަޅައި ޙަމަލާދިނުމަށް އީރާނުން ބޭނުންކުރާ ޑްރޯންތަކާއި މިސައިލް އުފައްދާ އަދި ރައްކާކުރާ މަރުކަޒުތައް ހަލާކުކޮށްލުމެވެ.

އިތުރު ތަފްސީލް އަންނަނީ..

ކޮމެންޓް
ފަހުގެ
HDC