logoEN
WAMCO TOP 1
ސައޫދީ، ޕާކިސްތާން އަދި ތުރުކީގެ ދިފާޢީ އިއްތިޙާދަކީ ނުރައްކަލެއް ކަމަށް އިސްރާއީލުން ސިފަކޮށްފި

ސައޫދީ، ޕާކިސްތާން އަދި ތުރުކީގެ ދިފާޢީ އިއްތިޙާދަކީ ނުރައްކަލެއް ކަމަށް އިސްރާއީލުން ސިފަކޮށްފި

އަހުމަދު ޝުރާއު

logo

8/8/2026, 10:26:24 AM

# އިޒްރޭލު

-

ސަޢޫދީ ޢަރަބިއްޔާއާއި، ޕާކިސްތާން އަދި ތުރުކީވިލާތާ ދެމެދު އެކުލަވާލި ދިފާޢީ އިއްތިޙާދަކީ ނުރައްކާތެރި އިއްތިޙާދެއްގެ ގޮތުގައި އިސްރާއީލުގެ މީޑިއާތަކުން ސިފަކޮށްފިއެވެ.

THE TRAVELLER AD

އިސްރާއީލުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، "މައްކާ ޖޮއިންޓް ޑިޓަރެންސް އެގްރީމަންޓް" ގެ ނަމުގައި ސޮއިކުރެވުނު މި ތާރީޚީ އެއްބަސްވުމުގެ ސަބަބުން މި ތިން ޤައުމުގެ ދިފާޢީ ޤާބިލުކަން އެތައް ގުނައަކަށް ވަރުގަދަވެގެންދާނެއެވެ.

އަދި މީގެ ސަބަބުން މުޅި މެދުއަރާމަތީގެ ބާރުގެ މިޒާން ބަދަލުވެ، އިސްރާއީލުގެ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށްވެސް އިޒްރޭލު އޮފިޝަލުން ވަނީ އިންޒާރުދީފައެވެ.

މި ތިން ޤައުމުން ސޮއިކުރި މުޢާހަދާގައިވާ ގޮތުން، މި ތިން ޤައުމުން ކުރެ އެއް ޤައުމަކަށް ދެވޭ ހަތިޔާރުންސޫރަ ޙަމަލާއަކީ ތިން ޤައުމަށްމެ ދެވޭ ޙަމަލާއެއްގެ ގޮތުގައި ބަލައި، ގުޅިގެން ރައްދު ދިފާޢީ ފިޔަވަޅުތައް އަޅާނެއެވެ.

މެދުއަރާމަތީގައި ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި އެކުލަވާލި މި އިއްތިޙާދާމެދު އިސްރާއީލާއި މަޝްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާރަވެރިވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC