
--
ބޮލީވުޑްގެ ތަރިންނާ ގާތް ގުޅުމެއް ބާއްވާ އަދި އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އޮރީ، އޭނާގެ އަގުބޮޑު ފެޝަން ސްޓައިލުން އަނެއްކާވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

މިފަހަރު އޭނާ ސަމާލުކަމަށް އައިސްފައިވަނީ މަޝްހޫރު ރިއަލިޓީ ޝޯ "ޚަތުރޯން ކޭ ކިލާޅީ 15" ގައި އޭނާ ގެންގުޅޭ އިންތިހާއަށް އަގުބޮޑު ދަބަސްތަކެއްގެ ސަބަބުންނެވެ.
މި ޝޯގެ ތެރެއިން އޮރީ ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އަގުބޮޑު އެއް ބްރޭންޑް ކަމަށްވާ 'އާމޭސް' ގެ ދެ ދަބަހެއް ދައްކާލާފައެވެ. މީގެ ތެރެއިން އެއް ދަބަހުގެ އަގު 75 ލައްކަ ރުޕީސް އަށް އަރާއިރު، ދެވަނަ ދަބަހުގެ އަގަކީ 22 ލައްކަ ރުޕީސްއެވެ. މިއާއެކު އޭނާގެ މި އަގުބޮޑު ފެޝަން އައިޓަމްތައް ފެނި، ފޭނުންނާއި ފެޝަނަށް ލޯބިކުރާ ފަރާތްތައް ވަނީ ހައިރާންވެފައެވެ.
"ޚަތުރޯން ކޭ ކިލާޅީ" އަކީ ނުރައްކާތެރި ސްޓަންޓްތަކާއި ބިރުވެރި ކަންތައްތައް ހިމެނޭ އެކްޝަން ޝޯއަކަށް ވާއިރު، މިފަދަ ޝޯއެއްގެ ސެޓަށް އޮރީ މިހާ އަގުބޮޑު ލަގްޒަރީ އައިޓަމްތަކެއް ގެންދިއުމަކީ ސޯޝަލް މީޑިއާގައި މިހާރު އެންމެ ހޫނުކޮށް ދެކެވެމުންދާ އެއް ވާހަކައެވެ.
އޮރީގެ ތަފާތު ސްޓައިލާއި އޭނާގެ ލައިފްސްޓައިލް އަކީ އަބަދުވެސް އިންޓަނެޓުގައި ވައިރަލްވާ، މީހުންގެ ޝައުގުވެރިކަން ހޯދާ ކަންތައްތަކެކެވެ.




.jpeg&w=3840&q=75)

