
--
ބޮލީވުޑްގެ ސުޕަރސްޓާރ ސަލްމާން ޚާން އޭނާގެ ދީލަތިކަން އަނެއްކާވެސް ދައްކާލައިފިއެވެ.

އިންޑިއާގެ އާސާމް ސްޓޭޓަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި ގެދޮރު ގެއްލުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ސަލްމާން ވަނީ 500 ގެ އަޅައިދިނުމަށް ނިންމައިފައެވެ.
މި ބޮޑު މަޝްރޫއު ކުރިއަށްގެންދަނީ "ގްލޯބަލް ސިޚްސް"ކިޔާ ޖަމާއަތަކާ ގުޅިގެންނެވެ. "އާޝިއާނާ ޕްރޮޖެކްޓް" ގެ ނަމުގައި ފެށި މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމެވެ.
ސަލްމާން ޚާން އަކީ އާންމުކޮށްވެސް އޭނާގެ "ބީންގް ހިއުމަން" ފައުންޑޭޝަން މެދުވެރިކޮށް މުޖުތަމައަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ތަރިއެކެވެ. އާސާމްގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ސަލްމާން ފެށި މި މަސައްކަތަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.
މި ޕްރޮޖެކްޓުގެ ދަށުން އަޅާ ގެތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ހާލުގައި ޖެހިފައިވާ އެތައް އާއިލާއަކަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލަކާއި ލުޔަކަށް ވާނެކަން ޔަގީނެވެ.




.jpeg&w=3840&q=75)

