logoEN
WAMCO TOP 1
'ދަ ޑިޕްލޮމެޓް' އަށްފަހު ޖޯން އަބްރަހަމް އާއި ޝިވަމް ނައިރް އަނެއްކާވެސް އެކީގައި!

'ދަ ޑިޕްލޮމެޓް' އަށްފަހު ޖޯން އަބްރަހަމް އާއި ޝިވަމް ނައިރް އަނެއްކާވެސް އެކީގައި!

ސާރާ އަހުމަދު

logo

8/8/2026, 8:12:36 AM

# ބޮލީވުޑް

--

ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމް، "ދަ ޑިޕްލޮމެޓް" ގެ ޑައިރެކްޓަރ ޝިވަމް ނައިރް އާއެކު އަނެއްކާވެސް އައު ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

THE TRAVELLER AD

މި ދެފަރާތް ގުޅިގެން އުފައްދާ ފިލްމަކީ ދެ ފިރިހެން ލީޑުން ހިމެނޭ ވަރުގަދަ އެކްޝަން ތްރިލަރ ފިލްމެކެވެ.

މީގެ ކުރިން "ނާމް ޝަބާނާ" ފަދަ ކާމިޔާބު އުފެއްދުންތައް ގެނެސްދިން ޑައިރެކްޓަރ ޝިވަމް ނައިރް އާއި ޖޯން އަބްރަހަމްގެ މި އައު ޕްރޮޖެކްޓަކީ ވަރަށް ފޯރިގަދަ، އެކްޝަން މަންޒަރުތަކެއް ހިމެނޭނެ ފިލްމެކެވެ.

މި ފިލްމުގެ ފުރަތަމަ ލީޑު ރޯލުން ޖޯން އަބްރަހަމް ފެނިގެންދާއިރު، ދެވަނަ ލީޑު ރޯލަށް ބޮލީވުޑްގެ ކުޅަދާނަ އެކްޓަރަކު ހަމަޖެއްސުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިވަގުތު ފިލްމުގެ ސްކްރިޕްޓްގެ ފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު، ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. އަދި ފިލްމުގެ ދެވަނަ ލީޑު އެކްޓަރާއި އަންހެން ލީޑުން ހިމެނޭހެން މުޅި ކާސްޓް ފައިނަލްވުމުން، ފިލްމުގެ ޝޫޓިންގ ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC