logoEN
WAMCO TOP 1
2028 ގެ ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ: ރައީސް ޔާމީން

2028 ގެ ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ: ރައީސް ޔާމީން

# ޕީއެންއެފް# ރިޔާސީ އިންތިޚާބު 2028# ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެ މަނިކުފާނުގެ ނަން އޮންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެމަނިކުފާނު މިހެން ވިދާވީ ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައެވެ.

އެ އިންޓަރވިއުގައި ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މަނިކުފާނަށް ދިން ފަދަ ބޮޑު އަނިޔާއެއް ދެއްވަން ރައީސް ޑރ. މުއިއްޒަށް ކެރިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާތީ، އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުރަސްނާޅުއްވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2028 ގައި ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ." ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން މި ސަރުކާރަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފައި ކަމަށާއި އަދި އިންތިހާބެއް ކާމިޔާބު ކުރެވޭވަރުގެ ތާއީދެއް ރައީސް މުއިއްޒަށް މިހާރު ނެތްކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މި ސަރުކާރުގައި މިހާތަނަށް ބޭއްވި އިންތިހާބުތަކުން ފެނިގެން ދިޔައީ ރައްޔިތުން ސަރުކާރާ މެދު ހިތްހަމަ ނުޖެހިފައި ތިބި މިންވަރު ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC