logoEN
WAMCO TOP 1
ވިލުންތެރި ބިނާރު''ގެ ހަތަރު ވަނަ ސެޝަން ފޮނަދޫގައި ކުރިއަށް ގެންގޮސްފި

ވިލުންތެރި ބިނާރު''ގެ ހަތަރު ވަނަ ސެޝަން ފޮނަދޫގައި ކުރިއަށް ގެންގޮސްފި

# ހައުސިންގ މިނިސްޓްރީ# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

ފޮޓޯ: މިނިސްޓްރީ

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް ގުޅިގެން "ވިލުންތެރި ބިނާރު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ހަތަރު ވަނަ ސެޝަން ލ. ފޮނަދޫގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

މި ސެޝަންގައި ކައުންސިލު މެންބަރުންގެ އިތުރުން އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއރު، މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންފްރާސްޓްރަކްޗާ އަދި ލޯކަލް ޕްލޭނިން ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ސެޝަންގައި 28 ބޭފުޅަކު ބައިވެރިވިއެވެ.

"ވިލުންތެރި ބިނާރު" ގެ ޕްރޮގްރާމްގެ ފުރަތަމަ ސެޝަން މާލެ ސިޓީގައި އަދި ދެވަނަ ސެޝަން އައްޑޫ ސިޓީގައި ބާއްވާފައިވާއިރު ތިން ވަނަ ސެޝަން ބޭއްވީ ހދ. ކުޅުދުއްފުށި ސިޓީގައެވެ.

މި ޕްރޮގްރާމަކީ "އިންފްރާސްޓްރަކްޗަރ ފޯ ރެސިލިއަންޓް އައިލެންޑް ސްޓޭޓްސް" (އައި.އާރް.އައި.އެސް) ޕްރޮގްރާމްގެ ދަށުން، ކޯލިޝަން ފޯ ޑިޒާސްޓަރ ރެސިލިއަންޓް އިންފްރާސްޓްރަކްޗަރސް (ސީ.ޑީ.އާރު.އައި) ގެ އިންފްރާސްޓްރަކްޗަރ ރެސިލިއަންސް އެކްސެލެރޭޓަރ ފަންޑުގެ މާލީ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.

އައި.އާރު.އައި.އެސް އަކީ ސްމޯލް އައިލެންޑް ޑިވަލޮޕިންގ ސްޓޭޓް (ސިޑްސް) ގައި ވިލުންތެރި އަދި ހުރިހާ ފަރާތްތަކެއް ޝާމިލުވާ ބިނާވެށީގެ ނިޒާމުތަކެއް ގާއިމުކޮށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އެހީތެރިވުމަށް ސީ.ޑީ.އާރު.އައި އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

"ވިލުންތެރި ބިނާރު" ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އުމްރާނީ ތަރައްޤީގެ ކަންކަން ރާވައި ހިންގުމުގައި، މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ކުރިމަތިވެދާނެ ނުރައްކާތަކަށް ނިޒާމީ ގޮތެއްގައި ރިޢާޔަތްކުރުމަށްޓަކައި، ކައުންސިލްތަކުގެ ފަންނީ ޤާބިލުކަން އިތުރުކޮށް ހަރުދަނާކުރުމެވެ. މިއީ ދިވެހިރާއްޖޭގެ ރަށްތަކަކީ ރައްކާތެރި، ދެމެހެއްޓެނިވި، އަދި ވިލުންތެރި މުޖުތަމައުތަކަކަށް ހެދުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ކޮމެންޓް
ފަހުގެ
HDC