logoEN
WAMCO TOP 1
މާލޭ އުތުރު ފަރާތު އެއްގަމު ތޮށީގެ ބައެއް ޑިފެންސް މިނިސްޓްރީގެ އުޅަނދުތަކަށް ޚާއްސަކޮށްފި

މާލޭ އުތުރު ފަރާތު އެއްގަމު ތޮށީގެ ބައެއް ޑިފެންސް މިނިސްޓްރީގެ އުޅަނދުތަކަށް ޚާއްސަކޮށްފި

# ހައުސިންގ މިނިސްޓްރީ# ޑިފެންސް މިނިސްޓްރީ

ފޮޓޯ: އެމްޓީސީސީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އަލަށް ހަދާފައިވާ އެއްގަމު ތޮށީގެ ބައެއް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ބޭނުމަށް ޚާއްސަކޮށްފިއެވެ.

THE TRAVELLER AD

މިގޮތުން ޚާއްސަކޮށްފައިވަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮށީގެ ސަރަޙައްދެވެ. މި ސަރަޙައްދަކީ ސިފައިންނާއި ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރަށް ޚާއްސަ ސަރަޙައްދެއްކަން މިހާރު ވަނީ ޢާއްމުކޮށް އިޢުލާންކޮށްފައެވެ.

މި ނިންމުމާ ގުޅިގެން، މިއަދުން ފެށިގެން އެ ސަރަހައްދުގެ އެއްގަމު ތޮއްޓަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މި ސަރަޙައްދަކީ މާލޭގެ އުތުރު ފަރާތު މަގުތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު ސަރަޙައްދެކެވެ. މި ބަދަލާއެކު، އެ ސަރަޙައްދުގެ ކަނޑުއޮޅި ބޭނުންކުރާ އުޅަނދުފަހަރުތަކުން މި އެންގުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC