logoEN
WAMCO TOP 1
ހައުސިންގ މިނިސްޓްރީއާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ "ވިލުންތެރި ބިނާރު" ޕްރޮގްރާމުގެ ސެޝަނެއް ފޮނަދޫގައި ބާއްވައިފި

ހައުސިންގ މިނިސްޓްރީއާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ "ވިލުންތެރި ބިނާރު" ޕްރޮގްރާމުގެ ސެޝަނެއް ފޮނަދޫގައި ބާއްވައިފި

އަހުމަދު ޝުރާއު

logo

8/7/2026, 6:01:25 PM

# ހައުސިންގ މިނިސްޓްރީ

-

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް ގުޅިގެން "ވިލުންތެރި ބިނާރު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ހަތަރު ވަނަ ސެޝަން ލ. ފޮނަދޫގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސެޝަންގައި ކައުންސިލު މެންބަރުންގެ އިތުރުން އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކުގެ ބޭފުޅުން ހިމެނޭހެން ޖުމްލަ 28 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެޝަންގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންފްރާސްޓްރަކްޗާ އަދި ލޯކަލް ޕްލޭނިން ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނެވެ. "ވިލުންތެރި ބިނާރު" ގެ ފުރަތަމަ ސެޝަން މާލެ ސިޓީގައި، ދެވަނަ ސެޝަން އައްޑޫ ސިޓީގައި އަދި ތިން ވަނަ ސެޝަން ހދ. ކުޅުދުއްފުށި ސިޓީގައި ވަނީ ކުރިއަށް ދިޔައެވެ.

މި ޕްރޮގްރާމަކީ "އިންފްރާސްޓްރަކްޗަރ ފޯ ރެސިލިއަންޓް އައިލެންޑް ސްޓޭޓްސް" (އައި.އާރް.އައި.އެސް) ޕްރޮގްރާމްގެ ދަށުން، ކޯލިޝަން ފޯ ޑިޒާސްޓަރ ރެސިލިއަންޓް އިންފްރާސްޓްރަކްޗަރސް (ސީ.ޑީ.އާރު.އައި) ގެ އިންފްރާސްޓްރަކްޗަރ ރެސިލިއަންސް އެކްސެލެރޭޓަރ ފަންޑުގެ މާލީ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ. އައި.އާރު.އައި.އެސް އަކީ ސްމޯލް އައިލެންޑް ޑިވަލޮޕިންގ ސްޓޭޓް (ސިޑްސް) ގައި ވިލުންތެރި އަދި ހުރިހާ ފަރާތްތަކެއް ޝާމިލުވާ ބިނާވެށީގެ ނިޒާމުތަކެއް ގާއިމުކޮށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އެހީތެރިވުމަށް ސީ.ޑީ.އާރު.އައި އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

"ވިލުންތެރި ބިނާރު" ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އުމްރާނީ ތަރައްޤީގެ ކަންކަން ރާވައި ހިންގުމުގައި، މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ކުރިމަތިވެދާނެ ނުރައްކާތަކަށް ނިޒާމީ ގޮތެއްގައި ރިޢާޔަތްކުރުމަށްޓަކައި، ކައުންސިލްތަކުގެ ފަންނީ ޤާބިލުކަން އިތުރުކޮށް ހަރުދަނާކުރުމެވެ. މިއީ ދިވެހިރާއްޖޭގެ ރަށްތަކަކީ ރައްކާތެރި، ދެމެހެއްޓެނިވި، އަދި ވިލުންތެރި މުޖުތަމައުތަކަކަށް ހެދުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ކޮމެންޓް
ފަހުގެ
HDC