
ވީއައިއޭގައި ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ އިމަޖެންސީ އެކްސަސައިޒެއް ކާމިޔާބުކަމާއެކު ނިންމާލައިފި
# އެމްއޭސީއެލް-
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން "ޕާޝަލް އިމަޖެންސީ އެކްސަސައިޒް" އެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، ވީއައިއޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ ކަމާގުޅޭ އޭޖެންސީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުންކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވަނީ ބުނެފައި އެވެ.
މި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަން ހަރަކާތުގައި އެހީތެރިވުމުގެ ގޮތުން "ބިއޯންޑް އެއާލައިން" އިން ބައިވެރިވެފައިވެއެވެ. މި ހަރަކާތް ކުރިއަށްދިޔައިރު އެއާޕޯޓުގެ އާންމު އޮޕަރޭޝަންތަކަށާއި ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކަށް އެއްވެސް ބުރޫއެއް އެރުމެއްނެތި ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމްއޭސީއެލްއިން ފާހަގަކުރެއެވެ.
ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރުކުރުމަށާއި، އެއަރޕޯޓުގައި ދިމާވެދާނެ އެކިކަހަލަ ކުއްލި ހާލަތްތަކަށް ސަޖޫދަވެ ތައްޔާރުވެ ތިބުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދަނީ ގަވާއިދުން ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށްވާއިރު، އެ ހަރަކާތް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.
ގުޅުންހުރި

ވީއައިއޭގައި ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ އިމަޖެންސީ އެކްސަސައިޒެއް ކާމިޔާބުކަމާއެކު ނިންމާލައިފި
.jpg&w=3840&q=75)
ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވީއައިއޭ އިން ފޮނުވާލީ ކާމިޔާބުކަމާއެކު
ވީއައިއޭގައި ފަސިންޖަރުންނަށް އަރާމުކުރާ އަދި ހިދުމަތް ލިބޭ އާ ޖާގައެއް ހުޅުވައިފި




