
ގޯތި ލިބުނު ފަރާތްތަކަށާއި ބޯހިޔާވަހިކަމުގެ އަދާހަމަތަކަށް ޚާއްސަ ވައިބަރ ގްރޫޕްތަކެއް ތައާރަފުކޮށްފި
# ހައުސިންގ މިނިސްޓްރީ-
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކާ ގުޅޭ ރަސްމީ އަދި ސައްހަ މަޢުލޫމާތު އަވަސްކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ޚާއްސަ 4 ވައިބަރ ކޮމިއުނިޓީތަކެއް ރަސްމީކޮށް އުފައްދައިފިއެވެ.

މި ވައިބަރ ކޮމިއުނިޓީތައް ބިނާކޮށްފައިވަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ވަކިވަކިން ޚާއްޞަކޮށްގެން، އާންމުންނަށް ފަސޭހައިން ތަފްސީލުތައް ހޯދޭނެ ފަދަ ގޮތަކަށެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި އެ ބިންތައް ކަނޑައެޅިފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް 3 ވައިބަރ ކޮމިއުނިޓީއެއް ވަނީ އުފައްދާފައެވެ. އެއީ:
- "ބިންވެރިޔާ ހުޅުމާލެ": ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ ކޮމިއުނިޓީއެކެވެ.
- "ބިންވެރިޔާ ގުޅިފަޅު": ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ކަނޑައެޅިފައިވާ ފަރާތްތަކަށް ޚާއްސަ ކޮމިއުނިޓީއެކެވެ.
- "ބިންވެރިޔާ ގިރާވަރުފަޅު": ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ ކޮމިއުނިޓީއެކެވެ.
މި 3 ކޮމިއުނިޓީގެ އިތުރުން، ސަރުކާރުގެ ޖުމްލަ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި "ބޯހިޔާވަހިކަން އެންމެންނަށް" ނަމުގައި 4 ވަނަ ވައިބަރ ކޮމިއުނިޓީއެއް ވެސް މިނިސްޓްރީން ވަނީ ތައާރަފުކޮށްފައެވެ.
މި ކޮމިއުނިޓީ ޚާއްސަކޮށްފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޢާންމު ސިޔާސަތުތަކަށް ޝައުގުވެރިވާ ހުރިހާ ރައްޔިތުންނަށެވެ.
ހައުސިންގ މިނިސްޓްރީން ބުނި ގޮތުގައި، މި އުފެއްދި ރަސްމީ ވައިބަރ ކޮމިއުނިޓީތައް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ އިޢުލާނުތަކާއި، ގޯތިތަކުގެ ލޭންޑް ހޭންޑްއޯވަރ (ބިން ހަވާލުކުރުން) ކުރިއަށްދާ ގޮތުގެ ދުވަހުން ދުވަހަށް ބަދަލުވާ އަދާހަމަތައް އެއްވެސް އޮޅުމެއްނެތް ސައްހަ މަޢުލޫމާތެއްގެ ގޮތުގައި ރައްޔިތުންނާ ހަމައަށް ވަގުތުން ލިބިގެންދާނެއެވެ.
އެހެންކަމުން ގޯތި ލިބިފައިވާ ފަރާތްތަކުންނާއި ބޯހިޔާވަހިކަމުގެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި ކޮމިއުނިޓީތަކާ ގުޅުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
ގުޅުންހުރި

ގޯތި ލިބުނު ފަރާތްތަކަށާއި ބޯހިޔާވަހިކަމުގެ އަދާހަމަތަކަށް ޚާއްސަ ވައިބަރ ގްރޫޕްތަކެއް ތައާރަފުކޮށްފި

މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢުގެ ސާވޭ ކުރިއަށްދާގޮތް ހައުސިންގ މިނިސްޓަރާއި ޗައިނާ ސަފީރު ބައްލަވާލައްވައިފި

ރަސްމާލެ މާސްޓަޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދަނީ
.jpg&w=3840&q=75)



