.webp&w=3840&q=75)
"ފްރެންޑް 4" ދޯނި އަޑިއަށްދިޔަ ހާދިސާގެ އިތުރު ތަފްސީލު ސިފައިން ހާމަކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ގއ. ކޮލަމާފުށީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ނުރައްކާތެރި ހާދިސާގެ އިތުރު ތަފްސީލު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ދޯންޏަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެ ސަރަހައްދަށް ގޮސް، ދޯނީގެ މީހުން ސަލާމަތްކުރުމަށްޓަކައި ދޯންޏަށް އަރާ ހަރަކާތްތެރިވެފައިވަނީ:
- އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު
- އެމްއެންޑީއެފްގެ ސާޖަންޓް އަސްރާރު ޢަލީ
- އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަން ޢަބްދުﷲ ޝަފީޤު
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ނާފިޢު
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ސައިފް
އަދި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރކްރާފްޓް 108 އާއި، ޕޮލިސް 52 ގެ އިތުރުން އޭޑީކޭ ލޭންޑިންގ ކްރާފްޓް "އުއްލާނި" ވަނީ ހަރަކާތްތެރިވެފައެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތްކުރެވިފައިވީ ނަމަވެސް، ތިން މީހަކު ވަނީ ގެއްލިފައެވެ.
ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫނެވެ.
ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަނޑަކަށް 1,645 މީޓަރު ހުންނާނެ ކަމަށް ސިފައިން ލަފާކުރެއެވެ.
ގެއްލުނު މީހުން ހޯދުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ ބޮޑު އޮޕަރޭޝަނުގައި، މޯލްޑިވިއަންގެ މަތިންދާބޯޓަކާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި، ސީއެމްބިއުލޭންސް "SA038, SA037" ގެ އިތުރުން ފުލުހުންގެ ދެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް އެ ތިން މީހުންގެ ޚަބަރެއް ވެފައެއް ނުވެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ކަނޑުދަތުރުކުރައްވާ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
"ފްރެންޑް 4" ދޯނި އަޑިއަށްދިޔަ ހާދިސާގެ އިތުރު ތަފްސީލު ސިފައިން ހާމަކޮށްފި

އެކްސިޑެންޓްތައް މަދުކުރުމަށް ހުޅުމާލޭގެ ފޭސް 1 އަދި 2 ގައި ފުލުހުންގެ ޚާއްޞަ ރޯޑްޝޯއެއް

ވަގަށް ނަގާފައިވާ ތަކެތި ގަނެގެން މަރަދޫއިން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި




