logoEN
WAMCO TOP 1
ވަގަށް ނަގާފައިވާ ތަކެތި ގަނެގެން މަރަދޫއިން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ވަގަށް ނަގާފައިވާ ތަކެތި ގަނެގެން މަރަދޫއިން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަހުމަދު ޝުރާއު

logo

8/7/2026, 2:00:14 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ސ. މަރަދޫއިން ފުލުހުން ހައްޔަރުކޮށްފިއެވެ. އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / ފާގަތި، ޢަބްދުﷲ ޢުމަރު (58އ) އެވެ.

THE TRAVELLER AD

ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސ. މަރަދޫ ފާގަތިގެ ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ވަނީ ފެނިފައެވެ. މިއީ އައްޑޫ ސިޓީގެ އެކި ގޭގެއިން އެކި މީހުން ވަގަށް ނަގައިގެން އޭނާއަށް ވިއްކާފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި ޕަވަރ ޓޫލްސް، ކާޗަރ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނުތައް ހިމެނެއެވެ. މީގެ ތެރެއިން ބައެއް ތަކެތި މިހާރު ވަނީ އޭގެ ޞައްޙަ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޢަބްދުﷲ ޢުމަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މިފަދަ ހާދިސާތައް އިތުރުވަމުންދާތީ، ވަގަށްނަގައިގެން އެކި މީހުން ވިއްކާ ތަކެތި ނުގަތުމަށާއި، ތުހުމަތުކުރެވޭ ގޮތަށް ނުއަގުގައި ތަކެތި ވިއްކާނަމަ ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC