logoEN
WAMCO TOP 1
ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް ބެލެވޭ - ސިފައިން

ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް ބެލެވޭ - ސިފައިން

އަހުމަދު ޝުރާއު

logo

8/7/2026, 6:37:27 PM

# އެމްއެންޑީއެފް

-

އ. ކޮލަމާފުށީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުންޖަހާލައި އަޑިއަށް ދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަނޑަކަށް 1,645 މީޓަރު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

THE TRAVELLER AD

މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ހުއްޓުމެއްނެތި ކުރިއަށްދާއިރު، ދޯންޏަށް ދިޔަވާކަމުގެ މައުލޫމާތު ލިބިގެން އެންމެ ފުރަތަމަ އެ ސަރަހައްދަށް ގޮސް ދޯނީގެ މީހުން ސަލާމަތްކުރުމަށްޓަކައި ހަރަކާތްތެރިވެފައިވަނީ ސިފައިންނާއި ފުލުހުންގެ ޚާއްޞަ ޓީމެކެވެ.

މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތްކުރެވިފައިވާއިރު، ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫނެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، މޯލްޑިވިއަންގެ މަތިންދާބޯޓަކާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

އަދި ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި، ސީއެމްބިއުލޭންސްގެ އިތުރުން ފުލުހުންގެ ދެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް އެ ތިން މީހުން ފެނިފައި ނުވާކަމަށް ސިފައިން ބުނެއެވެ.

ކޮމެންޓް
ފަހުގެ
HDC