logoEN
WAMCO TOP 1
ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި

ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި

# އެމްއެންޑީއެފް# ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔަރ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންދިއުމުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

ހދ. ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

THE TRAVELLER AD

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ބުނީ މިއީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުން ގުޅިގެން މިއަދު ކުރިއަށްގެންދިޔަ ސެޝަނެއް ކަމަށެވެ.

އެ ކޮލެޖުގައި ކުރިއަށްގެންދާ "އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނެންސް ޕްރޮގްރާމް"ގެ 11 ދަރިވަރަކު ބައިވެރިވި މި ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާން ނިވި އާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

undefinedކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔަރ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންދިއުމުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

މީގެއިތުރުން މި ސެޝަންގައި އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް އަދި ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުންނެވެ.

ކޮމެންޓް
ފަހުގެ
HDC