
-
ޤާނޫނަށް އަހުލުވެރި، ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި، ބަންޑާރަނައިބުގެ އޮފީހުން ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ކެމްޕޭން "އެނގުމަކީ ބާރެއް" މިއަދު އިފްތިތާޙުކޮށްފިއެވެ.

މި ކެމްޕޭނަކީ ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު ހިންގާ "އެއިމް (AIM) ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
"އެނގުމަކީ ބާރެއް" ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނީ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދީ، ޤާނޫނުތަކަށް އާންމު ރައްޔިތުން އަހުލުވެރިކުރުވުމެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އިތުބާރާއެކު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ހޯދައިދިނުމެވެ.
މި ކެމްޕޭނުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން، އާންމުންނާ ހަމައަށް ސީދާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށްގެން ހޭލުންތެރިކުރުމުގެ އިވެންޓްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ ތެރެއިން އާންމު ދިރިއުޅުޅުމާ ގުޅުންހުރި މުހިންމު ޤާނޫނީ މަޢުލޫމާތުތައް ފަސޭހައިން އޮޅުންފިލާނެ ގޮތްތަކަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެއެވެ.
ޤާނޫނީ ނިޒާމަށް އާންމުންގެ އިތުބާރު ބޮޑުކުރުމަށާއި، ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަކީ ބަންޑާރަނައިބުގެ އޮފީހުން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާނެ އެއް މަސައްކަތެވެ.
ގުޅުންހުރި

ރައްޔިތުން ޤާނޫނަށް އަހުލުވެރިކުރަން "އެނގުމަކީ ބާރެއް" ކެމްޕޭން އިފްތިތާޙުކޮށްފި
ރާއްޖޭގެ ސަރަހައްދުން ކަނޑުން ބަޔެއް ގެއްލުނު މައްސަލަ އިންޓަނޭޝަނަލް ލޯޔަރުންނާ ހަވާލުކުރަނީ- ބަންޑާރަނައިބު

ހިދުމަތްދިނުމުގައި އިންސާފްވެރި، ދެފުށް ފެންނަ ނިޒާމެއް މުހިންމު- ބަންޑާރަނައިބު




