
ހިދުމަތްދިނުމުގައި އިންސާފްވެރި، ދެފުށް ފެންނަ ނިޒާމެއް މުހިންމު- ބަންޑާރަނައިބު
# ބަންޑާރަ ނައިބް# އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ)އިސާ ގެ ޓެކްނިކަލް ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބަންޑާރަނައިބް ދެއްކެވި ވާހަކަފުޅުގެ ތެރެއިން-
އާންމުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިންސާފުވެރި، ދެފުށް ފެންނަ، އަދި ޖަވާބުދާރީވާ ނިޒާމެއް މުހިންމުކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަހްމަދު އުޝާމް ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ) ގެ ޓެކްނިކަލް ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިފަދަ ނިޒާމެއްގެ ސަބަބުން މުއައްސަސާތަކަށް އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމަ އިތުބާރާއި ނަޒާހަތްތެރިކަމާއެކު އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކަށް އަލިއަޅުއްވާލާ އުޝާމް ވިދާޅުވީ މުޖުތަމައުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ވަރުގަދަކުރުމާއި އެ ނިޒާމުތައް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މީގެއިތުރުން އުޝާމް ވިދާޅުވީ އިގްތިސޯދީ ނުތަނަވަސްކަމުގެ އިތުރުން ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ސަބަބުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާބާދީއަށް އަންނަ ބަދަލުތަކާއި، ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުން އަންނަ ގޮންޖެހުންތަކެއް ކަމަށް އުޝާމް ވިދާޅުވި އެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކުގެ ފައިދާ އާއި ދެމެހެއްޓެނިވިކަން ބިނާވެފައިވަނީ މާލީ ތަނަވަސްކަމުގެ މައްޗަށް ނޫންކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ ވަރުގަދަ މުއައްސަސާތަކާއި، ހަރުދަނާ ގާނޫނީ އޮނިގަނޑުތަކާއި، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ގަވާނަންސް އޮނިގަނޑުތަކެއްގެ ބޭނުންވާ ކަމަށެވެ.އުޝާމް ވިދާޅުވީ، މުއައްސަސާތަކުގެ މާލީ ދެމެހެއްޓެނިވިކަމާއި ގާބިލުކަން އިތުރުކުރުމަކީ ހަމައެކަނި އިދާރީ ނުވަތަ ޓެކްނިކަލް ކަމެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތަކާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އޮތް މުހިންމު ބަހާއެއް ކަމަށެވެ. އަދި މިއީ ގާނޫނީ ގޮތުން ވަރުގަދަ އަދި ހިންގުންތެރި މުއައްސަސާތަކަށް ކުރިމަތިވާ ނުރައްކާތަކަށް ފައިދާހުރި ގޮތެއްގައި އިޖާބަދެވޭނެ ކަމެއް ކަމަށްވެސް ފާހަގަކުރެއްވި އެވެ.
ގުޅުންހުރި
ރާއްޖޭގެ ސަރަހައްދުން ކަނޑުން ބަޔެއް ގެއްލުނު މައްސަލަ އިންޓަނޭޝަނަލް ލޯޔަރުންނާ ހަވާލުކުރަނީ- ބަންޑާރަނައިބު

ހިދުމަތްދިނުމުގައި އިންސާފްވެރި، ދެފުށް ފެންނަ ނިޒާމެއް މުހިންމު- ބަންޑާރަނައިބު

އިޖުރާއަތާ ގުޅޭ ގޮތުން ޢާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް މަޢުލޫމާތު ފަތުރަމުންދާކަން ފާހަގަވޭ: ބަންޑާރަ ނައިބުގެ އޮފީސް
-1763645598717.webp&w=3840&q=75)



