logoEN
WAMCO TOP 1
ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި

ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި

# ހދ. ކުޅުދުއްފުށި# ފުލުހުން

މަސްތުވާތަކެތީގެ 2 މައްސަލާގައި ހައްޔަރުކޮށްފައިވާ 4 މީހުން- ފޮޓޯ: ފުލުހުން

ހދ. ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދޫޑިގަން، ކަރަންފޫގެ/ ޏ.ފުވައްމުލައް، މުހައްމަދު އުމީން (19އ) އަދި ފަހިވާ/ ހދ.ކުމުންދޫ، އާއިޝަތު އަލީ (30އ) ކަމަށެވެ. އަދި އުރަހަ / ހދ. ކުޅުދުއްފުށި، ޙުސައިން ނަޢީމް (44އ) އަދި ބަންޑާރަހިޔާ 002ޕީ / ހދ.ކުޅުދުއްފުށި، ޢަބްދުއްރަޙްމާން މުޙައްމަދު (45އ) ވެސް މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވެ އެވެ.

މީގެތެރެއިން މުހައްމަދު އުމީން އާއި އާއިޝަތު އަލީ އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާއިރު، މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ ހުސައިން ނަޢީމް އަދި ޢަބްދުއްރަޙްމާން މުހައްމަދު އެވެ.

ފުލުހުން ބުނީ އުމާން އައި ޢާއިޝަތު ހައްޔަރުކޮށްފައިވަނީ އިއްޔެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އަދި އެ ދެމީހުން މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، މި މީހުން ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 27 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 7.59 ގުރާމްކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އުމީން 15 ދުވަހަށް އަދި ޢާއިޝަތު ޢަލީ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި ނަޢީމް އަދި އަބްދުއްރަޙްމާން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ. އަދި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 9.71 ގުރާމް ކަމަށް ފުލުހުން ފާހަގަކުރިއިރު، މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަވެސް ފުލުހުން ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC