
-
ބޮލީވުޑް ސުޕަރސްޓާރ ސަލްމާން ޚާންގެ ކުރިއަށް އޮތް އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ، ސައުތު ސިނަމާގެ މަޝްހޫރު ޑައިރެކްޓަރ ވަމްޝީ ޕައިޑިޕައްލީގެ ފިލްމު "އެސްވީސީ 63" ގެ ޝޫޓިންގ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން، މި ފިލްމުގެ ޚާއްޞަ މަންޒަރުތަކެއް ނެގުމަށްޓަކައި 6 ހަފްތާގެ ދިގު ޝޫޓިންގއެއް މުމްބާއީގައި ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
މުމްބާއީގައި ކުރިއަށްގެންދާ 6 ހަފްތާގެ މި ޝޫޓިންގ ގައި ފިލްމުގެ ވަރަށް މުހިންމު އެކްޝަން އަދި ޑްރާމާ މަންޒަރުތަކެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމަށްޓަކައި މުމްބާއީގައި ވަރަށް ބޮޑެތި ސެޓުތަކެއް ހަދަމުން އަންނަ ކަމަށްވެސް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ސައުތުގެ ކުޅަދާނަ ޑައިރެކްޓަރެއްގެ ފިލްމަކުން ސަލްމާން މުޅިން އައު ލުކެއްގައި ފެނިގެންދާނެތީ، މިއީ އޭނާގެ ސަޕޯޓަރުން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.
ފިލްމުގެ ބާކީ ތިބި ކާސްޓުންނާ ބެހޭ މައުލޫމާތު ވެސް ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވެއެވެ.


.jpeg&w=3840&q=75)



