logoEN
WAMCO TOP 1
ބޫޓާންގައި ބޭއްވި 'އެޗް.އެފް.ސީ ކޯޓާ އެންޑް ލައިސަންސިންގ ސިސްޓަމް' ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ބޫޓާންގައި ބޭއްވި 'އެޗް.އެފް.ސީ ކޯޓާ އެންޑް ލައިސަންސިންގ ސިސްޓަމް' ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

8/7/2026, 3:33:15 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ބޫޓާންގެ ތިމްޕޫގައި މި އޮގަސްޓު މަހުގެ 4 އިން 6 އަށް ކުރިއަށްދިޔަ "ސައުތު އޭޝިއާ ތީމެޓިކް މީޓިންގ އޮން އެޗް.އެފް.ސީ ކޯޓާ އެންޑް ލައިސަންސިންގ ސިސްޓަމް" ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

THE TRAVELLER AD

އޯޒޯން އެކްޝަން ކެޕޭސިޓީ ބިލްޑިންގ އެސިސްޓެންސް ޕްރޮގްރާމް (CAP) ގެ ފަރާތުން ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން އިންތިޒާމުކުރި މި ބައްދަލުވުމަކީ، ތިމާވެއްޓަށް ގެއްލުންދޭ މާއްދާއެއް ކަމަށްވާ ހައިޑްރޯފްލޯރޯކާބަން (HFC) ކޮންޓްރޯލްކުރުމަށް ގާއިމުކޮށްފައިވާ ކޯޓާ އަދި ލައިސަންސް ދޫކުރުމުގެ ނިޒާމުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ވަނީ ރާއްޖޭގައި އެޗް.އެފް.ސީ ކޯޓާ އަދި ލައިސަންސިންގ ސިސްޓަމް ތަންފީޒުކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި، މިހާތަނަށް ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

މީގެ އިތުރުން، މި ނިޒާމު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް، ކިގާލީ އެމެންޑްމަންޓްގެ ދަށުން އެޗް.އެފް.ސީ މެނޭޖްކުރުން ހަރުދަނާކުރުމަށް ސަރަޙައްދީ ފެންވަރުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރާއްޖެއިން ވަނީ ބިނާކުރަނިވި ޚިޔާލުތަކެއް ހުށަހަޅާފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް މަދުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކުރުމެވެ.

ކޮމެންޓް
ފަހުގެ
HDC