logoEN
WAMCO TOP 1
ބަޔޮލޮޖިކަލް ޑައިވާސިޓީއާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެއްޖެ

ބަޔޮލޮޖިކަލް ޑައިވާސިޓީއާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެއްޖެ

# އެންވަޔަރަމަންޓް މިނިސްޓްރީ

ފޮޓޯ: މިނިސްޓްރީ

ބަޔޮލޮޖިކަލް ޑައިވާސިޓީއާ ބެހޭ މުއާހަދާގެ ދަށުން ބާއްވާ "ސަބްސިޑިއަރީ ބޮޑީ އޮން އިމްޕްލިމެންޓޭޝަން" (އެސް.ބީ.އައި-7) ގެ ހަތްވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ފުރައިފިއެވެ.

THE TRAVELLER AD

2026 އޮގަސްޓް 4 އިން 12 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ، އެންވަޔަރަންމަންޓަލް ކޮންސަވޭޝަން ޑރ. އިލްހާމް އަތޯ މުޙައްމަދާއި، ޕްރިންސިޕަލް އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ ފާޠިމަތު އުސްރާއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ބަޔޮލޮޖިކަލް ޑައިވާސިޓީ ނުވަތަ ދިރުންތަކުގެ މުއްސަނދިކަން ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި ކުރިއެރުންތަކާ މެދު މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުން އެންމެ ބޮޑަށް ވަކާލާތު ކުރާނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ބަޔޮލޮޖިކަލް ޑައިވާސިޓީއާ ގުޅޭ ކަންކަމުގައި ފޯރުކޮށްދޭ މާލީ އެހީތެރިކަން އިތުރުކުރުމަށެވެ. އަދި މިފަދަ އެހީތައް ދިނުމުގައި ގައުމުތަކުގެ އަމިއްލަ އިސްނެގުމާއެކު ހިންގާ މަޝްރޫއުތަކަށް އިސްކަންދިނުމަށާއި، އެ ގައުމުތަކުގެ ގައުމީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ބައްޓަންކުރުމުގެ މުހިންމުކަން ރާއްޖޭގެ ފަރާތުން ފާހަގަކުރާނެއެވެ.

މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަކީ އެ ގައުމެއްގެ އަމިއްލަވަންތަކަން ހިމެނޭ ގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކަކަށް ހެދުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ފަހުގެ
HDC