logoEN
WAMCO TOP 1
ސަމްޕާ ސަރަހައްދު ބެލެހެއްޓުމަށް ރޭންޖަރުންނަށް އިކުއިޕްމަންޓް ހަވާލުކޮށް ތަމްރީނު ދޭން ފަށައިފި

ސަމްޕާ ސަރަހައްދު ބެލެހެއްޓުމަށް ރޭންޖަރުންނަށް އިކުއިޕްމަންޓް ހަވާލުކޮށް ތަމްރީނު ދޭން ފަށައިފި

އަހުމަދު ޝުރާއު

logo

8/7/2026, 4:30:29 AM

# ސަމްޕާ

-

ދެކުނު އަރިއަތޮޅުގެ މެރިން ޕްރޮޓެކްޓެޑް އޭރިއާ،ސަމްޕާ ބެލެހެއްޓުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ކުރިއަށްގެންދާ 'ޓެކް4ނޭޗަރ މޯލްޑިވްސް' މަޝްރޫޢުގެ މުހިންމު މަރުޙަލާއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

THE TRAVELLER AD

މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދު ބެލެހެއްޓުމަށް ބޭނުންވާ ޚާއްޞަ އިކުއިޕްމަންޓްތައް މިހާރު ވަނީ އެ ސަރަޙައްދުގެ ރޭންޖަރުންނާ ހަވާލުކޮށްފައެވެ. ސާމާނުތައް ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ބޭނުންކުރާނެ ގޮތުގެ ޢަމަލީ ތަމްރީނުތައް ރޭންޖަރުންނަށް ދިނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރިއަށް ދަމުންނެވެ.

މިއީ ރޭންޖަރުން އެ ވަސީލަތްތަކަށް އަހުލުވެރިކުރުވައި، ފީލްޑް އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނުތަކެކެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދެކުނު އަރިއަތޮޅުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ޓެކްނޮލޮޖީގެ އެހީގައި ފުޅާކުރުމެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދުގައި އުޅޭ، ދުނިޔޭގެ ފެންވަރުގައި ނެތިދިއުމުގެ ބިރު އޮތް ފެހުރިހީގެ އާބާދީ ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

'ޓެކް4ނޭޗަރ' މަޝްރޫޢަކީ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ހުއާވޭ (Huawei) އިން ފަންޑުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (IUCN) އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ގުޅިގެންނެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ޚާއްޞަކޮށް ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މުހިންމު މަސައްކަތެކެވެ.

ކޮމެންޓް
ފަހުގެ
HDC