logoEN
WAMCO TOP 1
ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 400 މިލިޔަނަށް ވުރެ ގިނަ ރުފިޔާ

ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 400 މިލިޔަނަށް ވުރެ ގިނަ ރުފިޔާ

# ކަސްޓަމްސް ސާވިސަސް

މުދާ އުފުލާ ކޮންޓެއިނަރތަކެއް

ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 400 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.

THE TRAVELLER AD

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖޫންމަހު ރާއްޖެއަށް 6.7 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. މޭމަހު ރާއްޖެއަށް އިމްޕޯޓުކުރީ 5.5 ބިލިޔަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ މޭމަހާއި އަޅާބަލާއިރު 21.8 އިންސައްތަ އިތުރުވުމެކެވެ.

ތަފާސހިސާބުން ދައްކާ ގޮތުން ޖޫންމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާނުންކަމަށްވާއިރު، އެގައުމުން 1601 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ. ދެވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިޔާއިންނެވެ. އިންޑިއާއިން 1502 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާއިން 922 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

މިދިޔަ ޖޫންމަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ކެއުމުގެ ބާވަތްތަކެވެ. އެގޮތުން ކެއުމުގެ ބާވަތްތަކުގެ 1.7 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.އަދި ތެލާއި ގޭހުގެ ބާވަތްތަކަށް ބަލާއިރު 1.8 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. އަދި 972 މިލިޔަން ރުފިޔާގެ މެޝިނަރީއާއި އެނޫންވެސް ބާވަތްތައް އިމްޕޯޓުކޮށްފައިވެއެވެ.

އެކްސްޕޯޓަށް ބަލާއިރު، ޖޫންމަހުގެ ތެރޭގައި 153 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މެއިމަހު އެކްސްޕޯޓުުރީ 98 މިލިޔއަން ރުފިޔާއެވެ. އެމަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ 95 މިލިޔަން ރުފިޔާގެ މުދަލެވެ. ދެން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެއީ 23 މިލިޔަން ރުފިޔާގެ މުދަލެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި އިންޑިއާއަށް 6 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ފަހުގެ
HDC