logoEN
WAMCO TOP 1
ކަސްޓަމްސްގެ މުވައްޒަފުން ބަލައިފާސްކުރަނީ ގަވައިދާ އެއްގޮތައް

ކަސްޓަމްސްގެ މުވައްޒަފުން ބަލައިފާސްކުރަނީ ގަވައިދާ އެއްގޮތައް

# ކަސްޓަމްސް ސާވިސަސް# އިމްޕޯޓް އެކްސްޕޯޓް

ކަސްޓަމްސް ސާވިސް

ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުން ބަލައިފާސްކުރަނީ ގަވައިދާ އެއްގޮތައް ކަމަށް އެ އިދާރާއިން ބުނެފި އެވެ.

THE TRAVELLER AD

ކަސްޓަމްސްއިން މިހެން ބުނީ ކަސްޓަމްސްއިން އަދާކުރާ ގާނޫނީ ޒިންމާއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކާތަކާ ގުޅޭގޮތުން ނެރުނު ބަޔާނެއްގަ އެވެ.

ކަސްޓަމްސްއިން ބުނީ ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައިފާސްކުރުމަކީ ކަސްޓަމްސްގެ ޒިންމާއެއް ކަމަށެވެ. މިގޮތުން ބަލައިފާސްކުރުމުގައި ކަސްޓަމްސްގައި އަދި ބަނދަރުތަކުގައި ގާއިމްކޮށްފައިވާ ވަސީލަތްތައް ބޭނުންކުރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މީގެއިތުރުން ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިޢާޔަތްކޮށް، މުދަލެއް ނުވަތަ ފަސިންޖަރެއް، ފިޒިކަލީ ބަލަންޖެހިއްޖެނަމަ ގާނޫނީ ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ބަލައިފާސްކުރާކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި މިގޮތައް ކަންތައްތައް ތަންފީޒުކުރަނީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަށް ކަމަށް ކަސްޓަމްސައިން ބުންޏެވެ. މިއީ ދިވެހި ރައްޔިތުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުމުގެ މަގްސަދުގައި ކުރާކަމެއްކަމަށްވެސް ކަސްޓަމްސްއިން ފާހަގަކުރި އެވެ.

ހުރިހާ މަސައްކަތެއްވެސް ކުރިއަށްދަނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަން ފާހަގަކޮށް، ކަސްޓަމްސްއިން ބުނީ ރާއްޖޭގެ ބޯޑަރުގައި މިކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ގާނޫނާ ގަވައިދާއި އުސޫލުތަކާ އެެއްގޮތައް ކުރަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް ރިއާޔަތްކޮށް ކަސްޓަމްސްއިން ވަނީ ކަސްޓަމްސްގެ ގާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު، ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް އަމަލުނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް
ފަހުގެ
HDC