logoEN
WAMCO TOP 1
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި

އަހުމަދު ޝުރާއު

logo

8/6/2026, 11:18:20 AM

# ކަސްޓަމްސް ސާވިސަސް

-

ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

THE TRAVELLER AD

ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ މި އޮގަސްޓު މަހުގެ 03 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެއާޕޯޓުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު މި ވޭޕް ކާޓްރިޖްތައް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދަނީ ތަހުގީގުކުރަމުންނެވެ.

ރާއްޖެއަށް އީ-ސިގްރެޓާއި ވޭޕް ފަދަ ތަކެތި އެތެރެކުރުމާއި، ބޭނުންކުރުމާއި، ވިއްކުން މަނާކުރުމަށްޓަކައި ދުންފަތުގެ ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ސަރުކާރުން އިސްނަގައިގެން ވަނީ އިޞްލާޙު ގެނެސްފައެވެ. އެގޮތުން 15 ނޮވެމްބަރު 2024 އިން ފެށިގެން ރާއްޖެއަށް ވޭޕް ކުރަން ބޭނުންކުރާ އެކި ބާވަތުގެ އާލާތްތަކާއި، އޭގެ ބައިތަކާއި އަދި ވޭޕް ފްލޭވަރު/ކާޓްރިޖް އެތެރެކުރުން ވަނީ މުޅިން މަނާކޮށްފައެވެ.

އަދި 15 ޑިސެމްބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، ވިއްކުމާއި، އިޝްތިހާރުކުރުން ވަނީ ޤާނޫނީ ގޮތުން މަނާކޮށްފައެވެ.

ޤާނޫނާ ޚިލާފަށް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅެފިނަމަ، އެތެރެކުރާ ކޮންމެ ވޭޕް އާލާތަކަށް 50,000 ރުފިޔާގެ ޖޫރިމާނާއަކާއި، އެތެރެކުރި ކޮންމެ ކާޓްރިޖަކަށް/ފްލޭވަރަކަށް 10,000 ރުފިޔާގެ ބޮޑު ޖޫރިމާނާއެއް އަންނާނެއެވެ.

ކޮމެންޓް
ފަހުގެ
HDC