
-
ށ. މިލަންދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު މިލަންދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.

މިލަންދޫ ކައުންސިލުން އިޢުލާންކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޕާޓްނަރޝިޕްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 16 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގޭ ކުރިން ކައުންސިލުން އާންމުކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
މި ބީލަމާ ގުޅިގެން ޚާއްޞަ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނުބާއްވާނެ އެވެ. ނަމަވެސް، ރަޖިސްޓްރީކުރާ ފަރާތްތަކަށް ބޭނުންވާ ބީލަން ފޮތާއި ބިޑް ޑޮކިއުމަންޓްތައް އީމެއިލް މެދުވެރިކޮށް ފޮނުވައިދޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިލަންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅާއިރު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އަދި ކޮންކަމަކަށް ހުށަހަޅާ ބީލަމެއްކަން އެނގޭނެހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، ބީލަންތައް ބަލައިގަތުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ.





