
-
ށ .މިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން އެއްކޮށް ހިއްކައި ނިންމާފައި ވަނީ 31 ދުވަހުގެ ތެރޭގައި ކަމަށެވެ.
މިދިޔަ އޭޕްރީލް 3 ގައި ފެށި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ އިއްޔެ އެވެ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 12 ދުވަސް ތެރޭގައި 21 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. މި 21 ހެކްޓަރުގެ އިތުރުން ރުއްގަސް ނެގުމަށްފަހު އިތުރުކުރި 4.9 ހެކްޓަރުގެ ބިން ހިމެނޭހެން މުޅި މަޝްރޫޢުގެ ބޮޑުމިނަކީ 25.90 ހެކްޓަރުކަމަށް ރައީސް ވިދާޅުވި އެވެ.މި މަޝްރޫއުގެ ތެރެއިން 21 ހެކްޓަރުގެ ބިން ހިއްކުމަށް 1,134,534 ކިއުބިކް މީޓަރުގެ ވެލި ވަނީ އަޅާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ.
އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މިލަންދޫގައި އެއާޕޯޓެއް އަޅައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ގުޅުންހުރި

ރައީސްގެ ދެކަނބަލުން، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

ރާއްޖެއާއި ލަންކާއާއި ދެމެދުގައި އޮތް ބަދަހި އެކުވެރިކަމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ދިގު ތާރީޚެއް އޮތް ގުޅުމެއް!

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި




