logoEN
Sto top
ކިހާދޫގައިވެސް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

ކިހާދޫގައިވެސް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

8/13/2025, 2:43:11 PM

# ބ ކިހާދޫ# ބީއެމްއެލް

--

ބ ކިހާދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އައު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޚިދުމަތް ފަށައިފި އެވެ.

Wamco

މި ހިދުމަރް ރަސްމީކޮށް ފަށާފައިވަނީ މިހާރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށް ވަޑައިގެންނެވެ. މިއަދު އޮތް ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ކިހާދޫ ފެށިގެން ދިޔަ ހިދުމަތާއި ގުޅޭގޮތުން ބީއެމްއެލުން ވިދާޅުވީ މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، އެރަށުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފުކުރެވުމަކީ ބޭންކަށް ލިބުނު އުފަލެއް ކަމަށާއި މި ޚިދުމަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިންގ މުޢާމަލާތްތައް ފަސޭހަކަމާއެކު 24 ގަޑިއިރު ކުރެވޭނެ ކަމަށެވެ.

ކިހާދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

ރައީސް މިހާރު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބީއެމްއެލްގެ މި ހިދުމަތް އެއަތޮޅު ކަމަދޫއާއި ކުޑަރިކިލުގެ އިތުރުން ކެންދޫ، ގޮއިދޫ، ފެހެންދޫ އަދި ފުޅަދޫގައި ވެސް ވަނީ ފަށާފައި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 134 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 189 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC