logoEN
WAMCO TOP 1
ރަސްމާލެ މާސްޓަޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންސީ ސަރވިސް ދޭނެ ފަރާތެއް ހޯދަނީ

ރަސްމާލެ މާސްޓަޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންސީ ސަރވިސް ދޭނެ ފަރާތެއް ހޯދަނީ

# ހައުސިންގ މިނިސްޓްރީ# ރަސްމާލެ# ރައީސް މުއިއްޒު

ރަސްމާލެ

ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމަށް، ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދަން ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އިއުލާންކޮށްފި އެވެ.

THE TRAVELLER AD

މިކަމަށް ހުޅުވާލާފައިވަނީ ބޭސްލައިން ސްޓަޑީ ހެދުމާއި އާބަން ޑިވެލޮޕްމަންޓް ފްރޭމްވޯކް އެކުލަވާލުމާއި ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމާއި ހިއްކާ ބިން ހިމާޔަތްކޮށް ތަރައްގީކުރުމުގެ މަސައްކަތްތަކާ ކަމާގުޅޭ އިދާރާތަކާއި ފަރާތްތައް ގުޅިގެން މަސައްކަތްތައް ރާވާ ކުރިއަށްގެންދާނެ ގޮތުގެ ކަންކަން ތަރުތީބު ކުރުމަށެވެ.

މި ޕްލޭންގެ ދަށުން ރަސްމާލޭގައި ތިމާވެއްޓާ ރަށްޓެހި މަސައްކަތްތައް ކުރުމާއި ޔުޓިލިޓީގެ ހިދުމަތުގެ ޕްލޭނާއި ދަތުރުފަތުރާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ އެކްސިސިބިލިޓީއަށްވެސް ބަލާނެ އެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތައް މިކަމަށް ބިޑް ހުށައެޅުން އޮންނާނީ މި އަންނަ މަހުގެ 13 ވަނަ ދުވަހު، 10:00 ގަ އެވެ.

ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ތަސައްވަރު އެވެ.

މި މަޝްރޫއުގެ ދަށުން 1010 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު، މި މަސައްކަތައް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މިހާތަނަށް 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާފަ އެވެ.

ރަސްމާލޭގެ ދުރު ރާސްތާ ތަސައްވުރަކީ 20 އަހަރު ތެރޭގައި 200،000 (ހައުސިން ޔުނިޓް) ބޯހިޔާހިކަމުގެ ފުރުސަތު އެ ބިމުން ތަނަވަސްކޮށްދިނުމެވެ. ރަސްމާލެއަކީ ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ވަރަށް ބޮޑަށް ރިއާޔަތްކުރެވި ހިންގަން ނިންމާފައިވާ ތިމާވެއްޓާ ރައްޓެހި މަޝްރޫޢެކެވެ.

ރަސްމާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށްވެސް ނިންމާފައިވަނީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެނެވެ. އަދި ތިމާވެށީގެ މައްސަލަތަކުގެ ހިރާސްތައް ކުޑަވާނެހެން، ވަސީލަތްތައް ގާއިމުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

ކޮމެންޓް
ފަހުގެ
HDC