logoEN
WAMCO TOP 1

ރާއްޖެއަށް އެތެރެކުރަން އުޅުނުން 4.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

THE TRAVELLER AD

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް 2.2 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

މިދިޔަ ހޯމަދުވަހު އަތުލައިގަތް މި ތަކެތީގެ ތެރޭގައި މެތްއެމްފެޓަމީން ހިމެނޭ ކަމަށް ވެސް ކަސްޓަމަސް އިން ބުެނއެވެ. އެހެންނަމަވެސް އެ މައްސަަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށް ފުލުހުންނާ ހަވާލުކުރިކަމަށް ބުނެފައެއް ނުވެއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެފައި ވަނީ ރާއްޖެއަށް އައި މުދާ އުފުލާ އުޅަނދެއް ބަލައި ފާސްކުރުމުގެ ތެރޭގައި މާލެ ކޮމާޝަލް ހާބަރުން ކަމަށެވެ. މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2231 ގްރާމް (2.2 ކިލޯ) ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

ކޮމެންޓް
ފަހުގެ
HDC