
ގަމަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ދެ ފަސިންޖަރުން އަތުލައިގެންފި
# މަސްތުވާތަކެތި# ކަސްޓަމްސް ސާވިސަސް-
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މި ތަކެތި އަތުލައިގެންފައިވަނީ ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 2026 ޖުލައި 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއަށް އައި އިންޑިއާގެ ދެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެމީހުންގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
އެ ދެ ފަސިންޖަރުންގެ ލަގެޖް ބަލައިފާސްކުރިއިރު:
- ފުރަތަމަ ފަސިންޖަރުގެ ލަގެޖުން: 1975 ގްރާމްގެ ކެނެބިސް.
- ދެވަނަ ފަސިންޖަރުގެ ލަގެޖުން: 3565 ގްރާމްގެ ކެނެބިސް.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު ޖުމްލަ 5,540 ގްރާމް (5.5 ކިލޯ) ގެ ކެނެބިސްގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ.
މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އިންޑިއާގެ ދެ ފަސިންޖަރުން އިތުރަށް ތަހުގީގުކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.
ގުޅުންހުރި

ގަމަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ދެ ފަސިންޖަރަކު އަތުލައިގެންފި

ރޫނާ، ޝަރީއަތް ނިމެންދެން ބަންދަަށް

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި




