"ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސާސް" ގެ ތިން ވަނަ ބެޗް ފެށެމުގެ ތެރެއިން- ފޮޓޯ: ކަރެކްޝަން
މޯލްޑިވްސް ކަރެކްޝަން ސާވިސްގެ އަސާސީ ތަމްރީނުގެ 3 ވަނަ ބެޗް ފަށައިފި އެވެ.

ކަރެކްޝަން އިން ބުނީ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސާވިސް” ގެ ނަމުގައި ކަރެކްޝަނުން ކުރިއަށްގެންދާ މި ތަމްރީން ފަށާފައިވަނީ އިއްޔެ މާފުށީ ޖަލުގައި ކަމަށެވެ.
މި ތަމްރީން ކޯސް އިފްތިތާހްކޮށްދެއްވީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ ޑިރެކްޓާ، ޗީފް ޕްރިޒަން އޮފިސާ އަޙްމަދު ލުޤްމާން އެވެ. އަދި މި ފަހަރުގެ ކޯސް ފަށާފައިވަނީ 33 ބައިވެރިންނާއެކުގަ އެވެ.
"ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސާސް" ގެ ތިން ވަނަ ބެޗް ފެށެމުގެ ތެރެއިން- ފޮޓޯ: ކަރެކްޝަން
ކަރެކްޝަނުން ބުނީ މި ކޯހުގެ އަމާޒަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުން ކަމަށެވެ. އަދި 4 މޮޑިއުލްގެ މައްޗަށް ބިނާކޮށްފައިވާ މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 01 ގެ ސަނަދު ފެންވަރަށް ފަރުމާކޮށް ތައްޔާރުކޮށްފައިވާ ކޯހެއް ކަމަށްވެސް ކަރެކްޝަނުން ފާހަގަކުރި އެވެ.
ކަރެކްޝަނުން ބުނީ މިއީ މި ސާވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.




