ޖަލަށް މަނާތަކެތި އެތެރެކުރުން ހުއްޓުވަން މާފުށީ ޖަލުގައި ކުއްލި އޮޕަރޭޝަނެއް!
# ދިވެހި ފުލުހުންގެ ޙިދުމަތް# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް-
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާފުށީ ޖަލުގައި ޚާއްސަ ސަރޗް އޮޕަރޭޝަނެއް މިއަދު ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި، ޖަލަށް މަނާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން މާފުށީ ޖަލުގައި ބަލައިފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ ކަމަށެވެ.
މި އޮޕަރޭޝަނަކީ ޖަލުގައި ގަވާއިދާ ހިލާފަށް ގެންގުޅޭ ފޯނާއި، މަސްތުވާތަކެއްޗާއި، އަދި އެހެނިހެން މަނާ ތަކެތި ހޯދައި ނައްތާލުމަށް އާންމުކޮށް ހިންގާ ސަރޗް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގާ އޮޕަރޭޝަނެކެވެ.
މާފުށީ ޖަލުގެ ގޮޅިތަކާއި ގައިދީން ބޭނުންކުރާ ސަރަހައްދުތައް ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ގުޅިގެން ދަނީ ކުރަމުންނެވެ.
ޖަލުތަކުގައި މަނާ ތަކެތި ގެންގުޅުން ހުއްޓުވުމަށްޓަކައި ކަރެކްޝަނަލް ސާވިސްއިން އަންނަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މިފަދަ ކުއްލި އޮޕަރޭޝަންތައް މެދުނުކެނޑި ހިންގަމުންނެވެ. އެހެންނަމަވެސް، މިއަދު ފެށި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް އަދި އެއްވެސް އެއްޗެއް އަތުލައިގަނެވިފައިވާ ކަމެއް ކަރެކްޝަންސްއިން އަދި ހާމައެއް ނުކުރެއެވެ.
ގުޅުންހުރި
%20(1).webp&w=3840&q=75)
ކްރެޑިޓް އުސޫލުން ފުލުހުންނަށް އެއަރ ޓިކެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ފޯރުކޮށްދޭނެ "ވެންޑަރ ޕޫލް" ގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ފުލުހުންގެ ތަމްރީނުތައް ކުރިމަގުގައި އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރާނަން - ސީޕީ




