logoEN
WAMCO TOP 1
އިންސްޕެކްޓަރ ކޯސް - 6 ފަށައިފި

އިންސްޕެކްޓަރ ކޯސް - 6 ފަށައިފި

# ދިވެހި ފުލުހުންގެ ޙިދުމަތް

ފޮޓޯ: ފުލުހުން

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ އިންސްޕެކްޓަރ ކޯހުގެ ހަ ވަނަ ބުރު ފަށައިފިއެވެ.

THE TRAVELLER AD

މި ކޯހަކީ ފަންނީ އަދި ނަޒާހާތްތެރިކަމާއެކު ހިދުމަތް ފޯރުކޮށްދޭނެ ފުލުހުންތަކެއް ބިނާކުރުމަށް ކުރިއަށްގެންދާ ކޯހެކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަދު މި ކޯސް ފަށާފައިވަނީ 35 ފުލުހުންނާ އެކުގައެވެ. އެއީ 31 ފިރިހެން ފުލުހުންނާއި ހަތަރު އަންހެން ފުލުހުންނެވެ.

ނުވަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދޭނެއެވެ.

އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގެ ސަބަބުން އޮފިސަރުންގެ ކިބައިގައި، ރަނގަޅު ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، އަހުލާގީ މިންގަނޑުތަކުގެ މައްޗަށް ބިނާވެފައިވާ ލީޑަރޝިޕް ސިފަތަކާއި، ޒަމާނީ ފުލުހުންގެ ހިދުމަތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ އައު އުކުޅުތައް ތަރައްގީކުރެވޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC