logoEN
WAMCO TOP 1
ލޭންޑިންގ ކްރާފްޓެއް އަޑިއަށް ގޮސް ދެ މީހަކު ގެއްލިއްޖެ

ލޭންޑިންގ ކްރާފްޓެއް އަޑިއަށް ގޮސް ދެ މީހަކު ގެއްލިއްޖެ

# ދިވެހި ފުލުހުންގެ ޙިދުމަތް# މެޓް އޮފީސް# މޫސުން

މޫސުން ގޯސް ދުވަހެއް

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް އަޑިއަށް ދިއުމާ ގުޅިގެން، އޭގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

THE TRAVELLER AD

ފުލުހުންގެ އިދާރާއަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 08:48 ހާއިރު ކަމަށާއި، އެ އުޅަނދު ދިޔަވެ އަޑިއަށް ދާން ފެށީ ކ. ގާފަރު ކައިރިން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިބި ނަމަވެސް، މިހާތަނަށް ސަލާމަތް ކުރެވިފައިވަނީ 8 މީހުންނެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، އަދިވެސް ނުފެނިގެން ހޯދަމުންދަނީ ބިދޭސީ ދެ މަސައްކަތްތެރިންނެވެ.

މި ދެ މީހުން ހޯދުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC