logoEN
WAMCO TOP 1
ހުޅުމާލޭގައި މަދިރި އުފެދޭ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން ނައްތާލައިފި

ހުޅުމާލޭގައި މަދިރި އުފެދޭ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން ނައްތާލައިފި

# މަދިރި ކޮންޓްރޯލް# އެޗްޑީސީ

ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި މަދިރި އުފެދޭ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން ނައްތާލައިފިއެވެ.

THE TRAVELLER AD

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ބުނީ ހުލުމާލެ ފޭސް އެކެއްގައި ކުރިޔަށްގެންދިޔަ މި ހަރަކާތަކީ "މަދިރިން ރައްކާ" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

އިއްޔެ ކުރިޔަށްގެންދިޔަ ފުރަތަމަ "ކޮމިއުނިޓީ ކްލީންއަޕް" އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް އެޗްޑީސީ އިން ވަނީ ފާހަގަކޮށްފައެވެ.

އެޗްޑީސީ އިން ހާމަކޮށްފައިވާ ގޮތުގައި އެ ހަރަކާތް ކުރިޔަށްގެންދިޔައީ ހުޅުމާލެ ފޭސް އެކެއްގެ 155-163 ބްލޮކް އޭރިއާގައެވެ. އަދި އެ ހިސާބުން މަދިރި އުފެދޭ ގާތްގަނޑަކަށް 300 އަށްވުރެ ގިނަ ތަންތަން ސާފުކޮށްފައިވާނެ ކަމަށް ބުނެއެވެ.

އެތަންތަނުގައި އޭސީ ފެން ހަރުލާގޮތަށް ބަހައްޓާފައި ހުރި ފުޅިމަދު ފޮށިތަކާއި، ޓައްޕުތަކާއި، އަދި މަސްޓޭންކުފަދަ ތަކެތީގައި ހުރި ފެންތައް އުކާލާ، އެ ސަރަހައްދުތަކުން ފާހަގަވެފައިވާ މަދިރި އުފެދޭނެ ކަހަލަ ތަންތަންވެސް ސާފުކޮށްފައިވާނެ ކަމަށް އެޗްޑީސީން ހާމަކުރިއެވެ. އޭގެ އިތުރުން އެޗްޑީސީން އަންނަނީ މަދިރި ނައްތާލުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ ރައްޔިތުންނަށް ހިތްފަސޭހަ އަދި ބަލިމަޑުކަމުން ސަލާމަތް ވެފައިވާ ތަނެއްގެ ގޮތުގައި ހުޅުމާލެ ބޭއްވުން ކަމަށްވެސް އެ ކޯޕްރޭޝަނުން ބުނެއެވެ.

ކޮމެންޓް
ފަހުގެ
HDC