logoEN
WAMCO TOP 1
 ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

# އެޑިއުކޭޝަން މިނިސްޓްރީ# ސްކޫލު ކިޔެވުން

ދަރިވަރުންތަކެއް ސްކޫލަށް ދަނީ

ދެވަނަ ޓާމުގެ ކިޔެވުން ފަށައިފިއެވެ.

THE TRAVELLER AD

ފުރަތަމަ ޓާމުގެ ސްކޫލް ޗުއްޓީއަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ދިއުމަށްފަހު، ދެވަނަ ޓާމުގެ ކިޔެވުން ފެށި މިއަދު އެވެ.އެހެންކަމުން ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވަނީ 16 ދުވަހުގެ ޗުއްޓީފައެވެ.މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ ޑިސެންބަރު 17ވަނަ ދުވަހާ ހަމައަށެވެ. އަދި ދަރިވަރުންނަށް އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18 އިން އަންނަ އަހަރުގެ ޖަނަވަރީ 16 އާ ހަމައަށެވެ. އެހެންކަމުން ބޮޑު ޗުއްޓީގައި ދަރިވަރުންނަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.މިދިރާސީ އަހަރު ސަރުކާރުގެ 218އެއްހާ ސްކޫލުގައި 77000 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމު ޙާސިލްކުރަމުންނެވެ. އަދި މިއަހަރު އަލަށް ގްރޭޑް 1އަށް ވަނުމަށްޓަކައި 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަދީފައިވެއެވެ.

އެގޮތުން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުންނަށް ޖާގަ ދީފައިވާއިރު އަތޮޅުތެރޭގެ ސްކޫލްތަކުން ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ޖާގަ ދީފައިވެއެވެ.ދަރިވަރުންގެ ބޮޑު ޗުއްޓީއަށްފަހު، އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ ޖަނަވަރީ 17ގައެވެ.

ކޮމެންޓް
ފަހުގެ
HDC