(1).jpeg&w=3840&q=75)
އަލް-އަޒްހަރުން ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް 22 ސްކޮލަރޝިޕް!
# އެޑިއުކޭޝަން މިނިސްޓްރީ-
މިޞްރުގެ މަޝްހޫރު އަލް-އަޒްހަރު ޔުނިވަރސިޓީގައި ބެޗްލަރސް ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް 2026/2027 ވަނަ އަހަރަށް ހުޅުވާލާފައިވާ ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ޖުމްލަ 22 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޝަރީޢާ ސައިންސްގެ ދާއިރާއިން 5 ފުރުޞަތާއި، ސައިންޓިފިކް އަދި ތިއަރެޓިކަލް ދާއިރާތަކުން 17 ފުރުޞަތެވެ. މި ހުރިހާ ފުރުޞަތުތަކަކީވެސް ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯސްތަކެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކަކީ ޝަހާދާ ޘާނަވިއްޔާ ނިންމާފައިވާ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި 2026 އޮގަސްޓް 15 ގެ ނިޔަލަށް އުމުރުން 30 އަހަރު ފުރިފައިނުވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. މީގެ އިތުރުން، މަތީ ތަޢުލީމަށް ލޯނު ނަގާފައިވާ ފަރާތެއްނަމަ އެ ލޯނު ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ބަޔާންކުރެއެވެ.
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ތަޢުލީމީ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓް، ޕާސްޕޯޓް ކޮޕީ، ގުޑް ކޮންޑަކްޓް ސެޓްފިކެޓް އަދި މެޑިކަލް ރިޕޯޓް ހިމެނެއެވެ. ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ އެމް.ކިއު.އޭ އިން ވެލިޑޭޓްކޮށްފައި އޮންނަންވާނެއެވެ.
ސްކޮލަރޝިޕަށް އެދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. އޮންލައިންކޮށް ހުށަހެޅުމަށްފަހު، އެޕްލިކޭޝަންގެ ހާރޑް ކޮޕީ 2026 އޮގަސްޓު 12 ވާ ހޮނިހިރު ދުވަހުގެ 11:00 ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް ހުށަހަޅަންޖެހޭނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ ހޮޓްލައިން 1474 ނަންބަރަށް ގުޅުއްވުމަށް ނުވަތަ އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އިރުޝާދު ދެއްވައެވެ.
ގުޅުންހުރި
(1).jpeg&w=3840&q=75)
އަލް-އަޒްހަރުން ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް 22 ސްކޮލަރޝިޕް!

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ އަށް

ސްޓޭޖް 2 އިން 5 އަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އިއުލާންކޮށްފި




