logoEN
WAMCO TOP 1
މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ އަށް

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ އަށް

# އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލެއްގެ ދަރިވަރުން

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ ހިނގައްޖެއެވެ.

THE TRAVELLER AD

ދިރާސީ އައު އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް މިއަދު ރިޕޯޓުފޮތް ދީފައިވާއިރު، ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2ގައެވެ. އެހެންކަމުން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.

ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ވަނަ ދުވަހު ނިމޭއިރު، ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18އިން އަންނަ އަހަރުގެ ޖަނަވަރީ 12 އަށެވެ. އެއީ 25 ދުވަހުގެ ޗުއްޓީއެކެވެ. މިއަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 218 އެއްހާ ސްކޫލުގައި 77000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރެއެވެ. އަދި މިއަހަރު ގްރޭޑް 1އަށް ވަނުމަށްޓަކައި އަލަށް 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަދީފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުން ވައްދާފައިވެއެވެ. އަދި އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ދާއިމީ އިތުރު ސްކޫލެއްވެސް ހުޅުވާފައެވެ. ގްރޭޑް 1 އިން ފެށިގެން 10 އާ ހަމައަށް ކިޔަވައިދޭ މި ސްކޫލުން 1900އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ޖާގަ ދީފައެވެ.

ކޮމެންޓް
ފަހުގެ
HDC