
އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް
# މުހައްމަދު ސައީދު# އިކޮނޮމިކް މިނިސްޓްރީއިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލައެއް މަޖިލީހަށް ހުށަހެޅީ މައި އިދިކޮޅު ޕާޓީ، އެމްޑީޕީންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ 13 މެންބަރުންގެ ސޮޔާއެކު މި މައްސަލަ ހުށަހެޅީ، މިނިސްޓަރުސަޢީދާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާ ހިލާފުވެވަޑައިގެން މަޖިލީހަށް ޖަވާބުދާރީވުމަށް އެމަނިކުފާނު ހުރަސްއަޅުއްވަމުންދާ ކަމަށް ބުނެއެވެ.
މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ މުދަލާއި ފައިސާ ނުބެލެހެއްޓުމާއި، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ތަކެތީގެ އަގު ބޮޑުވުން ހިމެނެއެވެ. އަދި މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުމާއި އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން ހިމެނެއެވެ.
މީގެއިތުރުން، އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވުމާއި، ބިޔަ މަޝްރޫއުތައް އިއުލާނުކުރުމަށްފަހު ހުއްޓިފައި ހުރުމުގެ އިތުރުން މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން ޑޮލަރުގެ ރޭޓު 15.42 ރުފިޔާއަށް ތިރިކުރާނެ ކަމަށް ކުރިން ވައުދުވެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް ބުނެފައިވެއެވެ. މިގޮތުން، މިހާރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 21.70 ރުފިޔާއަށްވުރެ ވެސް މަތީގައެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، 2024 ވަނަ އަހަރު ޑިވެލޮޕްމަންޓް ބޭންކް ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ވަޒީރު ވައުދުވެވަޑައިގެންނެވި ނަމަވެސް، މިއަދާ ހަމައަށްވެސް އެ ބޭންކުގެ އެއްވެސް އޮޕަރޭޝަނެއް ފެށިފައި ނުވާ ކަމެވެ. އަދި މާރިޗު 2025 އާ ހަމައަށް އެ ބޭންކަށް 6.56 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއްވެސް ހިދުމަތެއް ނުލިބި މިހާ ބޮޑު ހަރަދެއް ކުރުމަކީ ދައުލަތުގެ ފައިސާ އިސްރާފުކުރުމުގެ ސާފު މިސާލެއްގެ ގޮތުގައި މައްސަލައިގައި ބުނެފައިވެއެވެ.
ގުޅުންހުރި

އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް

ރާއްޖެއާއި ތުރުކީ އާ ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފެށުން - 75 ބާވަތަކުން ޑިއުޓީ މައާފުވާނެ

އިޤުތިޞާދީ ވުޒާރާއިން އަގުމަގު އެޕްލިކޭޝަން ތަޢާރަފްކޮށްފި




