
ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީ ކާޑު ތައާރަފް ކުރަނީ
# ރައީސް މުއިއްޒު# އައިޑީ ކާޑު# ޑރ. މުހައްމަދު މުއިއްޒުރާއްޖޭގެ އައިޑީ ކާޑެއް
ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީ ކާޑު ތައާރަފް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އެއީ ހަމައެކަނި މީހާގެ އައިޑެންޓިޓީ އަންގައިދޭ އެއްޗެއް ނޫން ކަމަށާއި އޭގެބަދަލުގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ 'ޕޭމަންޓް ކާޑެއް' ގޮތުގައި ވެސް ބޭނުންކުރެވޭނެ އެއްޗެއް ކަމަށެވެ. އަދި މި ކާޑު ފަރުމާކުރަނީ ޗިޕާއި ފިންގަރޕްރިންޓް ހިމެނޭގޮތަސް އެންމެ ފަހުގެ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެކުގައި ކަމަށެވެ.
މީގެ އިތުރުން މި ބަދަލާއެކު ދައުލަތުގެ އިދާރާތަކުން ހިދުމަތް ހޯދުމުގައާއި، އަމިއްލަ ސިއްހީ އަދި ތައުލީމީ ރެކޯޑުތައް ބެލެހެއްޓުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލާއެކު އަތުގައި ފިޒިކަލް ކާޑެއް އޮތަސް، އެއީ ސްމާޓްކޮށް ޑިޖިޓަލައިޒް ކުރެވިފައިވާ ކާޑެއް ކަމަށާއި އެހެން ކަމުން ކޮންމެ ތަނަކުން ވެސް ހިދުމަތް ހޯދުމާއި ފައިސާ ދެއްކުމުގައި މިއީ އިންގިލާބީ ބަދަލަކަށް ވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ފުރިހަމަކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އިސްލާހުތައް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ރައީސް ވިދާޅުވީ، މި ނިޒާމުގެ ތެރެއަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން ބޭންކުތައް ވެސް ވަންނަން ޖެހޭނެ ކަމަށެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިކޮށް، ސަރުކާރުގެ ހިދުމަތްތަކަކީ ދެފުށް ފެންނަ، އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ފަސޭހައިން ލިބޭނެ ހިދުމަތްތަކަކަށް ހެދުމެވެ. ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު، ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 15 ޕަސެންޓްކީ ޑިޖިޓަލް އިގްތިސާދުން ހޯދާ އާމްދަނީއަށް ހެދުމެވެ.
ގުޅުންހުރި

ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީ ކާޑު ތައާރަފް ކުރަނީ
އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި އިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމަޢު ސަމާލުވުމަށް ރައީސް ގޮވާލައްވައިފި

އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނެ: ރައީސް




