logoEN
WAMCO TOP 1
އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނެ: ރައީސް

އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނެ: ރައީސް

# ރައީސް މުއިއްޒު

ފޮޓޯ: ރައީސް އޮފީސް

ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ، ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ އެގާރަ ވަނަ ދުވަހު، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

THE TRAVELLER AD

އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ޕޮޑްކާސްޓުގައި އެމަނިކުފާނު ވަނީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވިޔަފާރި ބަނދަރުގެ މަސައްކަތްތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭއިރު، ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނދު ދެކުނުން، ތިލަމާލޭ ބުރިޖު ނިމޭ ހިސާބުގައި، އިންޑަސްޓްރިއަލް ވިލެޖުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއާއެކު، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަންވެސް ކުރިއަށްދާނީ މާލޭގެ އެތެރެއަށް ދަތި ނުވާގޮތަށްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެއް ކަމަށާއި، ޕްރައިވެޓް ވުނޭރުންނަށް ބޮޑެތި އިންސެންޓިވް ދީގެން، ތިލަފުއްޓާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޕޯޓު ހިންގާ ސަރަޙައްދުގައި ފިހާރަތައް ހުޅުވުމުގެ ހުރިހާ ކަމަކަށް މަގުފަހިކޮށްދެއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގައި ހިންގާ ޢުމްރާނީ މަސައްކަތްތަކާމެދު ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް އެއްކޮށް ފުރިހަމަ ވެގެންދާއިރު، ފަސިންޖަރުން އުފުލާ އުޅަނދުފަހަރަށްވެސް ލުއި ފަސޭހަ ވަސީލަތްތަކެއް ޤާއިމުކުރެވޭނޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ލޯންޗުތައް ބޭނުންކުރާ ސަރަހައްދުގައި އިތުރު ފިންގަރ ޖެޓީތައް ޤާއިމުކޮށް ލަފާ ފުރުން މިހާރަށްވުރެ ފަސޭހަކޮށް ކުރިއަށްގެންދެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތްކުރާނީ މާލޭ ރިންގް ރޯޑުގެ އެމް.ޕީ.އެލް އިން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް އޮތް ބައި ހެދުމުގެ މަސައްކަތާ އެކުއެކީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC